އދ އިސްލާޙު ކުރުމަކީ އެއް އަހަރަށް ހޮވޭ ރައީސަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަަމަ ފަނޑިޔާރު ޖަސްޓިސް ރިޓަޔަރޑް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އދ. އިސްލާހު ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ އަރިހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގަތުމާ ގުޅިގެން މިއީ ދިވެހިންގެ ލީޑަރޝިޕުގައި ދުނިޔެ ބަދަލުކޮށްލަފާނެކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވަނީ ވިދާޅުވެފައެވެ.
އަލްހާން ފަހުމީގެ ވާހަކައަށް ރައްދު ދެއްވަމުން ޑރ. ދީދީ ވިދާޅުވީ ދިވެހި ދައުލަތުން އދ. އިޞްލާޙު ކުރަން އެދުމަކީ އޭގެޒާތުގައި މައްސަލައެއް ނޫންކަމަށާއި, ނަމަވެސް އެނގެންޖެހޭ ޙަޤީޤަތަކީ އެއީ އެއް އަހަރުދުވަހުގެ މުއްދަތަށް ހޮވޭ ރައީސެއްގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.
ޑރ. ދީދީ ވިދާޅުވީ, އދ. އިޞްލާޙު ކުރުމުގެ ޙަޤީޤީ ބާރު ލިބިގެންވަނީ މެންބަރު ޤައުމުތަކަށް އެކަނި ކަމަށާއި, އެކަން ކުރެވޭނީ ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ދާއިމީ 5 މެންބަރުން ބޭނުންވާނަމަ ކަމަށެވެ.
އެހެންނަމަވެސް އާންމު މަޖިލީހުގެ ރައީސް ހޮވުމަށް މެންބަރު ދައުލަތްތަކުން ނަންތައް ހުށަހަޅާއިރު ހުށަހަޅާ ޤައުމުތަކުގެ ދާޚިލީ ޤާނޫނުތަކާ ޚިލާފު ނުވާނޭ ހަމައެއްގެ މަތިން ނަންތައް ހުށަހެޅުން ލާޒިމްކޮށް "ރޫލްސް އޮފްދަ ޕްރޮސީޖަރ" އިޞްލާހު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ, އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު އަބްދުالله ޝާހިދުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ހުށަހަޅާ ޤައުމުތަކުގެ ދާޚިލީ ޤާނޫނުތަކާ ޚިލާފު ނުވާނޭ ހަމައެއްގެ މަތިން ނަންތައް ހުށަހެޅުން ލާޒިމްކޮށް އިޝާރާތްކުރެވުން “ރޫލްސް އޮފްދަ ޕްރޮސީޖަރ” އިޞްލާހު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން 3/3 pic.twitter.com/47SZZECErW
— Dr. Ahmed Abdulla Didi (@AABDULLADIDI) October 7, 2021
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ, އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު އަބްދުالله ޝާހިދުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު