މޯލްްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު
މޯލްްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު
ދިވެހިިންނަކީ ގަދައަޅާ މަސައްކަތްކުރާ އުފެއްދުންތެރި ބަޔަކަށް ވުމަށް މޯލްްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ އަޙްމަދު ސިޔާމް މުޙައްމަދުގެ ވާހަކައިގައި, ދިވެހިރާއްޖެ ބޭރުގެ އިސްތިޢުމާރީ ބާރެއްގެ އަނިޔާވެރިކަމުން މިންޖުކޮށްދެއްވައި، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަށްވާފައި ވެއެވެ.

ސިޔާމް ވިދާޅުވީ, މިއަދުގެ ދުނިޔޭގައި ޤައުމުތައް އަޅުވެތިކުރުމަށް ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ކުރަމުން ގެންދާ އެންމެ ބޮޑު މަސައްކަތަކީ އިޤްތިޞާދީ ގޮތުން ޤައުމުތައް އަޅުވެތިކުރުމުގެ ކެހިވެރި މަސައްކަތް ކަމަށެވެ.

"އެކަން ކޮންމެ ދިވެހިދަރިއަކުވެސް ހަނދާންކޮށް މިލޮބުވެތި ޤައުމުގެ ފުދުންތެރިކަން އިތުރުކުމަށް ހީވާގިކަމާއެކު ގަދައަޅާ މަސައްކަތް ކުރާ އުފެއްދުންތެރި ދަރިއަކަށް ވުމަށް ކޮންމެ ފަރުދަކުވެސް މިއަދު އަޒުމު ކަނޑައަޅާ މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ސިޔާމް ފޮނުއްވި ޚިތާބުގައި ވެއެވެ.

މި އުފާވެރި ޤައުމީ ދުވަހަކީ، މިނިވަންކަމުގެ ރޫޙު އާލާކޮށް، އެ ރޫޙު ދިރުވަން ގަދައަޅާ މަސައްކަތް ކުރަންވީ ދުވަހެއް ކަމަށާއި, ދިވެހިންގެ މިނިވަންކަން ގެއްލިގެން ދިޔަ އެންމެހައި ހާދިސާތަކުން ޢިބުރަތް ލިބިގަންނަން ޖެހޭ ކަން ސިޔާމް ފާހަގަ ކުރެއްވިއެވެ. ސިޔާމް އިތުރަށް ވިދާޅުވީ, ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ބޮޑުތަކުރުފާނާއި، އެތަކުރުފާނުގެ އެންމެހައި ބައިވެރިން ނެރުއްވި ހިތްވަރާއި، ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަކީ މިއަދުގެ ދިވެހި ދަރިންގެ ޢަޒުމު ކަމުގައިވުމީ މުހިންމު ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު