މާލޭޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
މާލޭޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
ދަޢުވާއެއް އުފުލަންޖެހޭވަރުގެ ކަމެއް ނުކުރަށްވާ ކަމަށާއި, ނަމަވެސް މިނިވަން މުއައްސަސާއަކަށް ފާޑުކިޔަން ބޭނުން ނުވާކަމަށް މާލޭޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނިއުޕޯޓް ހިންގާ ކުންފުނި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ބުނެ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މަައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފައެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ, ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހޭދަކުރެއްވި މުއްދަތުގައި ޤާނޫނާ ޚިލާފުކަމެއް ކުރަށްވާފައި ނުވާނެކަމަށާއި, އަދި ދަޢުވާއެއް އުފުލަންޖެހޭވަރުގެ ކަމެއްވެސް ކުރަށްވާފައި ނުވާ ކަމަށެވެ. ނަމަވެސް ދަޢުވާ ކުރުމަކީ މިނިވަން މުއައްސަސާތަކަށް އޮތް ފުރުސަތެއް ކަަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭސީސީން ބުނެފައިވަނީ ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް، އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް ހައުސިން މިނިސްޓްރީން ރައީސް އޮފީހުގެ ލަފައަކަށް އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީ މިނިސްޓްރީން ފޮނުވާފައިވަނީ، އެ ޕްރޮޖެކްޓުގައި ކަންހިނގާފައިވާގޮތާއި، އެ ކުންފުނިން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފައެއް ހޯދުމަކާ ނުލައިކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެެ.

މިހާރުވެސް ދޮގުބަޔާން ދިންކަމުގެ މައްސަލައެއްގައި ޑރ. މުޢިއްޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި މައްސަލައެއްދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު