ކަންކަން ރަނގަޅު ކުރަން އުޅޭއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މި މޭރުމުން ވިދާޅުވެފައިމިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން އެވުޒާރާއަށް އެންގެވުމާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރ އިމްރާން މިއަދު ވިދާޅުވީ ކަންކަން ރަނގަޅު ކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަކީ ވަރަށް ތަބީއީ ކަމެއްކަމަށެވެ. އަދި ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރި މައްސަލާގައި ބަންޑާރަ ނާއިބު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރިނަމަވެސް ފުލުހުން ޖަވާބުދާރީވާންޖެހޭނީ އަދިވެސް ހޯމް މިނިސްޓަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން ވަކި މިނިސްޓްރީއެއްގެ ދަށުން ފުލުހުންގެ އިދާރާ ހިންގަންޖެހޭނެ ކަމަށް ބުނެފައިނުވާތީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރީ މިދިޔަ އަންގާރަދުވަހު އެވެ.
އޭޖީ ވިދާޅުވީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާއާއި އަދި 242 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ ވަޒީރެއްގެ ބެލުމުގެ ދަށުންކަމަށް އޮންނަ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ވަޒީރުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް އޮންނައިރު، އޭގެ މާނައަކީ ފުލުހުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަދިވެސް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރުކަމަށް ރިއްފަތު ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެނެވެ. ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގައިފައިވާނެ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.

kankan rangalhukuran ulheyiru
— Imran Abdulla (@ShimranAb) October 19, 2021
lakka gina gonjehunthakaa kurimathi vumakee varah thabee'ee kamekeve.
kaamiyaabu vaanee gonjehunthakun araigane kuriyah dhiyumuge hiyvaru hoadhunu bayakasheve.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރި މައްސަލާގައި ބަންޑާރަ ނާއިބު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރިނަމަވެސް ފުލުހުން ޖަވާބުދާރީވާންޖެހޭނީ އަދިވެސް ހޯމް މިނިސްޓަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން ވަކި މިނިސްޓްރީއެއްގެ ދަށުން ފުލުހުންގެ އިދާރާ ހިންގަންޖެހޭނެ ކަމަށް ބުނެފައިނުވާތީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރީ މިދިޔަ އަންގާރަދުވަހު އެވެ.
އޭޖީ ވިދާޅުވީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާއާއި އަދި 242 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ ވަޒީރެއްގެ ބެލުމުގެ ދަށުންކަމަށް އޮންނަ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ވަޒީރުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް އޮންނައިރު، އޭގެ މާނައަކީ ފުލުހުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަދިވެސް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރުކަމަށް ރިއްފަތު ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެނެވެ. ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގައިފައިވާނެ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު