ވަޒީފާއަށް ދާންތިބި ރާއްޖޭގެ ޒުވާނުން ތިބީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ކަމަށް މިސަރުކާރުގެ ކުރީގެ ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޯލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހު މިހެން ވިދާޅުވީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ހުރި ވަޒީފާތައް އަދާކުރުމަށް ޒުވާނުން ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައި ދެއްކެވި ވާހަކަފުޅަށް އިޝާރަތް ކުރަށްވަމުންނެވެ.
ޒުވާނުން ވަޒީފާތަކަށް ނުކުންނަން ގޮވާލައްވައި ޒުވާނުންގެ މެދުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ މަސްތުވާތަކެތީގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާ ދިނުމާ ބެހޭގޮތުން ވެސް އެމަނިކުފާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް، އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މައްސަލަ އަކީ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެެއް މައްސަލަ ކަމަށެވެ. އެކަން ޙައްލުކުރުމަށް ރަށްރަށުގައި އެފަދަ ޒުވާނުންނަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން ކުރީގެ ވަޒީރު މަލީޙް ވިދާޅުވީ، ވަޒީފާނެތް ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމަށް ސަރުކާރުން މާނަވީ މަސައްކަތެއް ނުކުރާ ކަމަށެވެ. އެގޮތުން ވަޒީފާގެ ބާޒާރަށް ނުކުންނަން ތިބި ގިނަ ޒުވާނުންތިބީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިކަން މަލީޙް ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާކަމަށްވެސް މަލީޙް ވިދާޅުވިއެވެ.
މަލީޙް ވިދާޅުވީ، ވަޒީފާގެ ބާޒާރަށް މުއްސަނދިކަން ގެނެވޭނީ ޤައުމުގެ އިޤްތިޞާދަށް ދިރުން ގެނެސްގެން ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ޚާއްސަކޮށް ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަން މަލީޙް ފާހަގަ ކުރެއްވިއެވެ.
"މައްސަލައަކީ ދިމާވަމުންދިޔަ މައްސަލަތަކަށް ހައްލެއް ކުރިން ހޯދައިދީފައި ނެތުން. ކޮވިޑާއެކު އެއްކޮށް ކޮންޓްރޯލުް ނެއްޓުނީ." މަލީޙް ވިދާޅުވިއެވެ.
އައްޑޫ ރިސޯޓްތައް އަލުން އޮޕަރޭޝަނަށް ނުގެނެވުމުގެ ސަބަބުން އައްޑޫގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާ ލައްވަމުން މަލީހް ވިދާޅުވީ، އައްޑޫ ރިސޯޓުތައް ހުޅުވުމަށް ކުރި މަޝްވަރާތައް ފެއިލްވެފައިވާ ކަމަަށެވެ. އެއީ ސަރުކާރުގެ ނާޤާބިލުކަމުން ކުރިމަތިވި ޙާލަތެއްކަމަށް މަލީޙް ވަނީ ތުހުމަތު ކުރަށްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ، މަސައްކަތެއް ނުކޮށް ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އެބަތިބި ކަމަށެވެ. ރާއްޖޭގެ މަސައްކަތު ބާޒާރުގައި، ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާން ފާހަގަކޮށް ރައީސް ވިދާޅުވީ އެކަމުން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުޞަތުތައް އެބަހުރިކަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު