އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ދިފާޢީ ވަޒީރު މާރިޔާ އަހްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯމް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްފި އެވެ.
މިއަދު ހެނދުނު 11 އަށް ތާވަލު ކޮށްފައިއޮތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފައިވާއިރު، އެ ބައްދަލުވުމަކީ އުތުރު ތިލަފަޅު އެއްބަސްވުމުގެ މަޢުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ.
އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން ހަތް ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް މިމަހުގެ 14 ވަނަ ދުވަހު އެންގި ނަމަވެސް އެއީ ޤައުމީ ސަލާމަތަށްޓަކައި ސިއްރުކުރަންޖެހޭ މަޢުލޫމާތެއްކަމަށް ބުނެ އެންގުމާ އެއްގޮތަށް ދިފާޢީ ވުޒާރާއިން އެއްބަސްވުން ހާމަކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ނިންމަވާފައިވަނީ, ޑިފެންސް މިނިސްޓްރީގެ ޖަވާބަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނާ އެއްގޮތް ޖަވާބެއް ނޫން ކަމަށެވެ. އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތުން ހޯދަން އެދުނު މައުލޫމާތުތައް 7 ދުވަހުގެ ތެރޭގައި އެފަރާތަށް ދޫކުރުމަށްފަހު އެކަން އެ އޮފީހަށް ޙިއްސާކުރުމަށް ކޮމިޝަނަރ ވަނީ އަންގާފައެވެ.
އުތުރު ތިލަފަަޅުގައި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއެކު ޑިފެންސް މިނިސްޓްރީން ސޮއިކުރީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އެއްބަސްވުމުގައި ސޮއިކުރި ވަގުތުން ފެށިގެން ސަރުކާރުން ބުނަމުން ގެންދަނީ އެ އެއްބަސްވުން ޢާއްމު ކުރުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެއްބަސްވުން ޢާއްމުކުރުމަށް ޑިފެންސް މިނިސްޓްރީން ދަނީ ދެކޮޅު ހަދަމުންނެވެ.
ޔޫޓީއެފް އެއްބަސްވުމާ ގުޅޭ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަންގަވާފައި ވާއިރު، އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ޑިފެންސް މިނިސްޓްރީގައި އެދިފަ އެވެ.
މީގެ ކުރިން ޤައުމީ ދިފާޢީ ބާރުން ބުނެފައިވަނީ, އުތުރު ތިލަފަޅު މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރަށް "ޕުޝް ކުރަމުންދަނީ" (ބާރުއަޅަނީ) ދިވެހި ސިފައިންކަމަށެވެ. ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ އެ ފެސިޓީއަކީ ދިފާއީ ބާރުން ބޭނުންވެގެން ދިވެހި ސިފައިންނަށް ތަރައްޤީކޮށްދޭ ތަނެއް ކަމަށާއި އެކަން ކުރަން ސަރުކާރަށްވެސް ޕްރެޝަރ ކުރަނީ ސިފައިންނަށް މިފަދަ ތަނެއްގެ މުހިންމުކަން ބޮޑުކަމުން ކަމަށެވެ.
ޖެނެރަލް ޝަމާލް ވިދާޅުވީ، އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެތަނުގައި ހަތިޔާރުއެޅި ސިފައިން ތިބޭނެފަދަ އެއްވެސް މާއްދާއެއް ނެތް ކަމަށާއި އެތަން ތަރައްގީކުރުމުން އެތަން ވެގެންދާނީ ސައްތައިންސައްތަ ދިވެހި ސިފައިންގެ ތަނަކަށް ކަމަށެވެ.
ޝަމާލު ވިދާޅުވީ އެއީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނިގެން ތަރައްގީ ކުރެވޭ ތަނެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑު ފަސޭހަ ތަކަކާއި ފައިދާތަކެއް ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާނެ ކަމަށެވެ. ޚާއްޞަކޮށް ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑްގެ އުޅަނދުތައް މަރާމާރުކޮށް ބެލެހެއްޓުމުގެ ގާބިލުކަން މީގެސަބަބުން އިތުރުވެގެން ދާނެ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. އަދި ދިވެހި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޔޫޓީއެފް އެބަސްވުމުގައި ހިމެނޭ ބައިތަކެއް ކަމަށް ބުނާ ލިއުންތަކެއް ސޯޝަލް މީޑިއާގައި ލީކް ކޮށްފައި ވާއިރު މިލިއުމުގައި ބުނާ ގޮތުން އެތަނަކީ އިންޑިއާ އަސްކަރިއްޔާގެ ފުރިހަމަ ބާރު އޮންނަ ތަނެކެވެ. އަދި އެތަނަށް އެއްވެސް ބަޔަކަށް އެރޭނީ ނުވަތަ އެތަން ބޭނުން ކުރެވޭނީ ވެސް އިންޑިއާ ސިފައިންގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް މިވާހަކަތައް ސަރުކާރުންނާއި އެމްއެންޑީއެފުން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު