ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ޙުސައިން (މ)
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ޙުސައިން (މ)
ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބު ބެއްލެވި މައްސަލައެއްގައި، މައްސަލަ ރައްދުވާ ފަރާތް "ގޭގައި" ބަންދުކޮށްފައި ބެހެއްޓުމަށް ނެރެފައިވާ އަމުރަކީ، އިޖުރާޢަތާ ޚިލާފަށް ނެރެފައިވާ އަމުރެއްކަން ތަޙްޤީޤު ކޮމިޓީއަށް ސާބިތިވެފައިވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބުގެ މިޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫގެ 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ) އާއި، އެމާއްދާގެ (ޅ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

ޖޭއެސްސީން ބުނީ އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން ނަޞޭޙަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް މެޖިސްޓްރޭޓް ޠައްޔިބަށް އެންގުމަށް، 29 ސެޕްޓެންބަރު 2021 ވަނަ ދުވަހު ބޭއްވުނު އެކޮމިޝަނުގެ މިއަހަރުގެ 74 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

ޖޭއެސްސީން ތައްޔިބާ ގުޅޭ ޝަކުވާއެއް ބަލަން ފެށީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން