އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު
އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު
ކުރިީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއަށް ދަޢުވާކުރަން ފޮނުވުމުން ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަޙްމަދު ޝަހީދު ވަރަށް ބޮޑަށް ނުރުހުންފާޅު ކުރަށްވައި ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ތަހުގީގު ކުރި މައްސަލައެއްގައި ޖެންޑާ މިނިސްޓްރީއާއި ފުލުހުންނާއި ދައުލަތުގެ ކަމާގުޅޭ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން އަދި އިސްވެރިންނަށް ދައުވާ ކޮށްދިނުމަށް އެދި އެ ކޮމިޝަނުން މިއަދު ވަނީ ޕީޖީ އޮފީހަށް ހުށައަޅާފައެވެ. އަދި ދައުވާތަކާ ގުޅޭގޮތުން އެޗްއާރުސީއެމާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އެކަމުގައި އަންނަ ހަފުތާގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފްގެ މަޤާމުގައި ހުންނެވި ޑރ. ޝަހީދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި ތިބި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ސިޔާސީ ނޫން ޗެމްޕިއަނުންގެ އަގު ވައްޓާލުމަށް ހިންގި ޢަމަލެއް ކަމަށެވެ. އަދި މިކަމުގެ މަޤްސަދަކީ ސަރުކާރުގެ ނާޤާބިލްކަން ފޮރުވުން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި 2017 ވަނަ އަހަރުގެ ތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ޢަމަލުކޮށްފައިވަނީ އިޖުރާޢަތްތަކާ ޚިލާފަށްކަމަށް ބުނެ ޒެނީޝާގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ވެސް ވަނީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


6

ޖައުފަރު

29-Oct-2021

ޝަހީދު ނުރުހޭ މީހަކަށް ދައުވާ ކުރަން މިނިވަންމުއައްސަސާ އަކުން އުޅޭތީ ސަރުކާރު ނާގާބިލްވީ ދެއްތޯ. ހަމަ އެއްކަހަލަ އާލާތްސް


2

އަލީ

28-Oct-2021

ޝަހީދު ބުންޏަސް މިފަހަރު ތިޔަ ބުނީ ވަރަށް ބޮޑު ތެދެއް.. މިސަރުކާރުގެ ނާގާބިލުކަން ފޮރުމަށް ދެއްކޭނެ ހުރިހާ ވާހަކައެއް ދައްކާނެ.. ކުރެވޭން އޮތް ދައުވާ އެއް ވިއްޔާ ކުރާނެ.. ދެން ކިޔާނީ ހިޔާ ފްލެޓޭ ހިޔާ ފްލެޓޭ ހިޔާ ފްލެޓޭ.. އެހިސާބުން އެއޮތީ ފްލެޓް ވެސް އެޅިފަ..