ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހިމާއި ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤުކުރި މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާ ކަމަށެވެ.
މެޖިސްޓްރޭޓް މުޙައްމަދު އިބްރާހިމާއި ހަވާލުކޮށްފައިވާ ކޯޓުތަކަށް ދަތުރުކުރައްވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ކަމަށާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި އަދާކުރައްވާންޖެހޭ ޒިންމާއަށް އިހުމާލުވެވަޑައިގަންނަވާފައިވާ ކަމަށާއި، ކޯޓުގެ މުވައްޒަފުންނާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި ދައްކަވާކަމަށް ބުނާ މައްސަލަ ބަލަން ފެށީ މި އަހަރުގެ މާޗުމަހުގައެވެ.
ޖޭއެސްސީން މިއަދު ބުނީ، ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކޮށް އެމައްސަލަ ސާބިތުނުވާކަމަށް 2021 އޮކްޓޫބަރު 06 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 76 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ހަމައެއާއެކު ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝަރީފުގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކޮށް އެމައްސަލަވެސް ސާބިތުނުވާކަމަށް 2021 އޮކްޓޫބަރު 06 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 76 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު