ދިވެހިރާއްޖޭއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމަކަށް ވާއިރު، ގައުމުގެ ހާލަތަށް ބަލާއިރު މިފަދަ ކުޑަ ގައުމަކަށް އެންމެ އެކަށޭނެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ކުޑަކުޑަ ރާއްޖެއަށް މުހިންމީ ރަސްކަމަކަށް ވުރެ، ގައުމު ހިންގާނެ ފަދަ ކުޅަދާނަ ރައީސެއް އެކުލެވޭ ރިޔާސީ ނިޒާމެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރެއްގެ ކާމިޔާބީ ބިނާވެފައި އޮންނަނީ، އިންޞާފުވެރިކަމާއެކު މައްސަލަތައް ޙައްލުކުރުމާއި، ޢާންމު ޚިދުމަތްތައް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމާއި، އިޤްތިޞާދީ ފުރުސަތުތައް އެންމެންނަށް އެކަށީގެންވާ ގޮތަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މައްޗަށްކަންވެސް ޝަރީފު ފާހަގަ ކުރެއްވި އެވެ.
ބައެއް ސިޔާސީ ލީޑަރުންނަކީ ފުޅާދާއިރާއެއްގައި ޑިމޮކްރަސީއާއި ގުޅޭގޮތުން ވަކާލާތުކުރަމުން އަންނަ ލީޑަރުންކަމުގައި ވީނަމަވެސް، ޙަޤީޤަތުގައި މި ލީޑަރުންނަކީ ރައްޔިތުންގެ ފާޑުކިޔުންތަކަށް ކުރިމަތިލާން ނޭނގޭ މީހުންކަމަށް ވެސް މީގެ ކުރިން ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު، ދެފެކްޝަންގެ މެދުގައި ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހޫނު ބަހުސްތަކެއް މިއަދާހަމައަށްވެސް އަންނަނީ ހިނގަމުންނެވެ. އެގޮތުން ޝަރީފަކީ ބަރުލަމާނީ ނިޒާމަށް ދެކޮޅު ހައްދަވާ، އެ ނިޒާމު ގެންނަން މަސައްކަތް ކުރާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހުށަހެޅުއްވުމާ ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެކެވެ.
މިކަމާ ގުޅޭގޮތުން ޝަރީފް މީގެކުރިން ވިދާޅުވެފައިވަނީ، ދިމާވެގެން މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ވަކި ބޭފުޅަކު ވެރިކަން ބޭނުންވެގެން ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ގެންނަން ދުވަހަކުވެސް ތާއީދު ނުކުރައްވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ

ކިޔުންތެރިންގެ ހިޔާލު