ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަށް ހިއުމަން ރައިޓްސް ކޮމިޝަނުން ދަޢުވާކުރަން ފޮނުވީ ޒާތީ ކަމެއްގައިކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މި މޭރުމުން ވިދާޅުވީ، ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފާ މައްސަލައާއި ގުޅިގެންނެވެ. އެ މައްސަލާގައި ޒެނީޝާގެ ދިފާޢުގައި ރައީސް ނަޝީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
"ސިޔާސީ ކަމަކާ ވައްތަރުކަމެއް ނޫން، ވައްތަރީ ޒާތީކަމަކާ" އާޒިމް ވިދާޅުވެފައިވެއެވެ.
އެ މައްސަލާގައި ޒެނީޝާ އިއްޔެ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށުގެ އެއްވެސް ޢަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ޢަމަލެއްގައި ބައިވެރިވެފައި ވެސް ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ފަރާތްތަކަށް އަރުވާކަމަށެވެ.
އަދި އޭނާއާމެދު ތުހުމަތުކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވިދާޅުވާ އެ މައްސަލައަކީ ޒާތީ ތަޢައްޞުބުން އުފަންވެފައިވާ، ޞައްޙަނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ރަސްމީ ޙައިޞިއްޔަތުގެ ނަހަމަ ބޭނުން ހިފައިގެން ހިންގުވާފައިވާ، އަދި ޤާނޫނީ ހަމަތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ޙަރަކާތެއްކަން މާތް الله ގެ ވާގިފުޅާއެކު ސާބިތު ވެގެންދާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް ޒެނީޝާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޒެނީޝާއަކީ ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކޮށް މުޖުތަމަޢުގައި ކުޑަކުދިން ހެދި ބޮޑުވުމަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށްދީ އެކި ރޮނގުތަކުން އެކުދިންނަށް ދިމާވާ ކަންކަމުގައި ވަކާލާތުކޮށް އެހީތެރިކަން ފޯރުވައިދިނުމަށް މަސައްކަތްކުރާ ބޭފުޅެކެވެ.
މިކަމާ ގުޅިގެން އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފްގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި ތިބި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ސިޔާސީ ނޫން ޗެމްޕިއަނުންގެ އަގު ވައްޓާލުމަށް ހިންގި ޢަމަލެއް ކަމަށެވެ. އަދި މިކަމުގެ މަޤްސަދަކީ ސަރުކާރުގެ ނާޤާބިލްކަން ފޮރުވުން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު