އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް ޝިފާ މުޙައްމަދު
އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް ޝިފާ މުޙައްމަދު
ޑރ. އަޕްރާޝީމް އަލީގެ މަރުގެ ޙަޤީޤަތް ހާމަކުރަށްވާނީ ކޮންއިރަކުންތޯއޭ ވިދާޅުވެ ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުالله ރިޔާޒަށް، އެމްޑީޕީގެ މާލޭސިޓީގެ ރައީސް ޝިފާ މުޙައްމަދު ސުވާލެއް ކުރިމަތިކުރަށްވައިފިއެވެ.

ޝިފާ މިފަދަ ސުވާލެއް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޒަށް އަމާޒުކުރަށްވާފައި މިވަނީ އެމްޑީޕީއާއި ޕީޕީއެމް ފެއިލް ވެއްޖެކަމަށާއި އުއްމީދަކީ ހަމައެކަނި އެމްއެންޕީ ކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލިއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވީ ޢަބްދުﷲ ރިޔާޒެވެ. އަދި ރިޔާޒު އޭރު ވަނީ ވަގުތު ޖެހުމުން، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޑރ. އަފްރާޝީމް އަލީގެ މަރާބެހޭ މައުލޫމާތު ހާމަ ކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ.

އަބްދުﷲ ރިޔާޒަށް ރައްދު ދެއްވާ ޝިފާ ވިދާޅުވީ އަބްދުالله ރިޔާޒް ވައުދުވެވަޑައިގެންނެވި ގޮތަށް ޑރ. އަފްރާޝީމްގެ މަރުގެ މައުލޫމާތު އާއްމު ނުކުރަށްވަނީ ކީއްވެ ކަމާމެދު ސުވާލު އުފައްދާ ކަމަށެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ފުލުހުން ތަހްޤީޤުކުރަމުން ދިޔައިރު، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ ޙައިސިއްޔަތުން ޢަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ މިޖަރީމާ ހިންގުމުގެ އަޑީގައި ތިބިބަޔަކު ހޯދުމަށްޓަކައި ނުފުރޮޅާނެ އެންމެ ގާކޮޅެއްވެސް ނުބާއްވާނެކަމަށެވެ. އެހެންނަމަވެސް ޢަބްދުﷲ ރިޔާޒު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ދުރަށް ވަޑައިގަތުމާ ހަމައަށްވެސް މިކަމުގެ އަޑީގައިތިބި ބަޔަކު ހޯދިފައެއް ނުވެއެވެ.

އޭގެފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުގެގޮތުގައި ހުންނަވައި ޢަބްދުﷲ ރިޔާޒު ވިދާޅުވީ، މިޖަރީމާ ހިންގުމާގުޅޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގަންނަވާކަމަށާ، އެކަން ހާމަކުރަންޖެހޭ ވަގުތު ޖެހުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ. އޭގެފަހުން ސަރުކާރު ބަދަލުވެ ތިން އަހަރުވެގެންދާއިރުވެސް ޢަބްދުﷲ ރިޔާޒު އެވިދާޅުވި މުހިންމު މަޢުލޫމާތެއް ހާމައެއް ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 2 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު، އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ސެންބެ

01-Nov-2021

ތީގަ ރިޔާޒު ހާމަ ކުރަން ޖެހޭ ހުރިހާ މައުލޫމާތު މަރު ކޮމޮސަނަށް ހާމަކޮއްފި. ފުލުހުންގެ ވެރިއަކަށް ހުރެ ލިބޭ މައުލޫމާތު އާންމު ތަނެއްގަ ހިއްސާ ކުރުމަކީ ކުށެއް.. ސިފާ ކަހަލަ މީހަކު ދާމާލާ ގުއިރޯނެއްގަ ޖެހޭ ވަރަށް ވުރެ ރިޔާޒު ސްމާރޓް ވާނެ ކަމަށް ބެލެވޭ!!


-3

ތައުފީގު

01-Nov-2021

ތިޔަ ސުވާލާ ގުޅޭގޮތުން ބުނަމެވެ.. ރިޔާޒް އެބުނިފަދަ ވާހަކަ އެއް އާއްމު މީހަކު ބުނިނަމަ އެމީހާ މިހާރުވަނީ ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ކަށި ފުރޭނިފާ ކަން އެއީ ސުވާލެއް އޮތްކަމެއް ނޫނެވެ..