އެމްޑީޕީއަށް މި ފަސް އަހަރުގެތެރޭގައި ބޯހިޔާވަހިކަން ހޯދައިދެވުނީ ރައީސް ނަޝީދަށް އެކަނި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި ދޭންޖެހޭގޮތަށް ގާނޫނަށް ބަދަލު ގެނެސް މިއަހަރު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ޑރ. ޖަމީލް މިއަދު ވިދާޅުވެފައިވަނީ ރައީސް ޔާމީން ބިނާކޮށްދެއްވި ހިޔާ ފްލެޓަކީ ރައްޔިތުންނަށް ރައްކާތެރި ދިރިއުޅުމެއް ބިނާކޮށްދިނުމަށް އެފަދަ ދެވަނައެއް ނެތް ފަދަ ތަނެއްކަމަށާއި އެމްޑީޕީއަށް މި 5 އަހަރު ބޯހިޔާވަހިކަން ހޯދައިދެވުނީ ރައީސް ނަޝީދަށް އެކަނިކަމަށެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިއަދު މަޖިލީހަށް ހުށަހެޅިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ބިއުރޯ ހިދުމަތްތަކަށް، 1،293،136 ރުފިޔާ، ކޯޕަރޭޓް ހިދުމަތްތަކަށް 3،210،812 ރުފިޔާގެ އިތުރުން، ހައުސްހޯލްޑް ހިދުމަތްތަކަށް 2،357،668 ރުފިޔާ އެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދައުލަތުންދޭ އިނާޔަތް ދިނުމަށްޓަކައި 3.3 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ރައީސް ޔާމީން ބިނާކޮށްދެއްވި ހިޔާ ފްލެޓަކީ ރައްޔިތުންނަށް ރައްކާތެރި ދިރިއުޅުމެއް ބިނާކުރުމަށް އެފަދަ ދެވަނައެއް ނެތް ފަދަ މަޝްރޫއެއް. އެމްޑީޕީއަށް މި 5 އަހަރު ބޯހިޔާވަހިކަން ހޯދައިދެވުނީ ރައީސް ނަޝީދަށް އެކަނި. ތަފާތު ބައްލަވާ. pic.twitter.com/9IPCqqFvmu
— Mohamed Jameel Ahmed (@MJameelAhmed) October 31, 2021
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިއަދު މަޖިލީހަށް ހުށަހެޅިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ބިއުރޯ ހިދުމަތްތަކަށް، 1،293،136 ރުފިޔާ، ކޯޕަރޭޓް ހިދުމަތްތަކަށް 3،210،812 ރުފިޔާގެ އިތުރުން، ހައުސްހޯލްޑް ހިދުމަތްތަކަށް 2،357،668 ރުފިޔާ އެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދައުލަތުންދޭ އިނާޔަތް ދިނުމަށްޓަކައި 3.3 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު