މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު
ނަސްރުގެ ދުވަހާ ކުރިމަތިލާއިރު ރާއްޖޭގެ މިނިވަންކަމަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު، ސަން ސިޔާމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މިރޭ ނެރުއްވި ބަޔާނެއްގައި ސިޔާމް ވިދާޅުވީ ނަސްރުގެ ދުވަހާ ކުރިމަތިލިއިރު ރާއްޖޭގެ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ގަބޫލްކުރަންޖެހިފައި ވާކަމަށެވެ. އަދި އެފަދަ ނުރައްކާތަކުން ރައްކާތެރިވެ ސަލާމަތްވުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއް ވެސް ކުރުން މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ޒަމާނީ ހަތިޔާރާއި ގޮވާ ތަކެއްޗާއެކު ރާއްޖެއާ ދިމާކުރި ނިރުބަވެރިންނަށް އެންމެ ތަންފުކެއް ވެސް ދޫނުކޮށް، ދިވެހި ސިފައިން އެ ދުވަހު ކުރެއްްވި ޖިހާދަކީ އަބަދުގެ އަބަދަށް މި ގައުމުގެ ރައްޔިތުން ޝުކުރުވެރިވާނޭ މަތިވެރި ޖިހާދެއް ކަމަށެވެ. އަދި މިއަދު ދިފާޢީބާރުތަކުގައި ތިއްބެވި ބޭފުޅުންވެސް ޤައުމުގެ އަމާންކަން ބެލެހެއްޓުމުގައި ދެމިތިބުމަށް ސިޔާމް ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ސިޔާމްގެ ބަޔާނުގައި ވަނީ ނަސްރުގެ ދުވަހު ޝަހީދުވި އެންމެހާ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު