ނޮވެމްބަރު 3 ގައި ސިފައިންވީ ޤުރުބާނީގެ ވާހަކަ ޖީލުތަކަށް ކިޔައިދޭންޖެހޭ ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކު ލަންކާގެ ކުލީސިފައިންގެ ބަޔަކު ގޮވައިގެން އައިސް ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއަށް 32 އަހަރު ފުރުމާ ގުޅިގެން އެޙަމަލާގެ ހަނދާންތައް އާކުރަށްވައި ރައީސް މައުމޫން ވިދާޅުވީ ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވި އެންމެބޮޑު ނުރައްކާ ކަމަށެވެ.
އެހެންކަމުން އެދުވަހު މާތްﷲ ދެއްވި ނަޞްރަށް ޙަމްދުކޮށް ދިވެހިރައްޔިތުންނާއި ސިފައިން ވީ ޤުރްބާނީގެ ވާހަކަ އަންނަންއޮތް ޖީލުތަކަށް ކިޔައިދިނުމަކީ އެންމެންގެ ވާޖިބެއްކަމަށް އެ ޙަމަލާ ކުރިމަތިވީއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި ރައީސް މައުމޫން ވިދާޅުވިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިނެއްވީ ބުރާސްފަތި ދުވަހަކީ ދިވެހި ޚާއިނުންގެ މަދު ބަޔަކު ލަންކާ ތަމަޅައިންގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން މި ދިވެހިރާއްޖެއަށް ޙަމަލާދީ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުންނާއެކު ޖުމްލަ 19 ދިވެހިން ޝަހީދުކޮށް އެ ޝަހީދުންގެ ލެއިން މިދިވެހި ފަސްގަނޑު ރަތްކޮއްލި ނުރައްކާތެރި ދުވަހެވެ.
ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 ވަރަކަށް ހަނގުރާމަވެރިންނާއި އެކު ނޮވެމްބަރ 3 ގެ ހަމަލާގައި ޢަމަލީ ގޮތުން ބައިވެރިވި ދެ ދިވެހިންނަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާސިރެވެ. އޭގެ ތެރެއިން ނާސިރު މިހާރު މިނިވަންވެފައިވާއިރު ލުޠުފީ އަދިވެސް ހުރީ ޖަލުގައެވެ.

ނޮވެމްބަރު 3 ގެޢުދުވާނީ ހަމަލައަކީފަހުގެތާރީޚެއްގައި ރާއްޖޭގެމިނިވަންކަމަށްކުރިމަތިވި އެންމެބޮޑު ނުރައްކާ. އެހެންކަމުންއެދުވަހުމާތްﷲ ދެއްވިނަޞްރަށްޙަމްދުކޮށްދިވެހިރައްޔިތުންނާއިސިފައިންވީޤުރްބާނީގެ ވާހަކަ އަންނަންއޮތް ޖީލުތަކަށްކިޔައިދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް.
— Maumoon Abdul Gayoom (@maumoonagayoom) November 2, 2021
1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިނެއްވީ ބުރާސްފަތި ދުވަހަކީ ދިވެހި ޚާއިނުންގެ މަދު ބަޔަކު ލަންކާ ތަމަޅައިންގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން މި ދިވެހިރާއްޖެއަށް ޙަމަލާދީ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުންނާއެކު ޖުމްލަ 19 ދިވެހިން ޝަހީދުކޮށް އެ ޝަހީދުންގެ ލެއިން މިދިވެހި ފަސްގަނޑު ރަތްކޮއްލި ނުރައްކާތެރި ދުވަހެވެ.
ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 ވަރަކަށް ހަނގުރާމަވެރިންނާއި އެކު ނޮވެމްބަރ 3 ގެ ހަމަލާގައި ޢަމަލީ ގޮތުން ބައިވެރިވި ދެ ދިވެހިންނަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާސިރެވެ. އޭގެ ތެރެއިން ނާސިރު މިހާރު މިނިވަންވެފައިވާއިރު ލުޠުފީ އަދިވެސް ހުރީ ޖަލުގައެވެ.
ކިޔުންތެރިންގެ ހިޔާލު