ކީރިތި ޤުރުއާނާބެހޭ މަރުކަޒަށް ޙައްޤު ގަދަރު ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޤުރުއާނާބެހޭ މަރުކަޒުގައި ހިންގާ ކޯސްތަކުގެ ފެންވަރު ދަށްވެ ޢިމާރާތްވެސް ވީރާނާވަމުންދާކަމުގެ ކަންބޮޑުވުމާއެކު ޑރ. ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ މަރުކަޒަށް ޙައްޤު ގަދަރު ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
އަދި އެ މަރުކަޒަށް ބޭނުންވާ ބަޖެޓަކީވެސް ސަރުކާރުން ހަމަޖައްސަވައިދެއްވަންޖެހޭ އެއްޗެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި، ބަޖެޓްގެ ތާށިކަން ޙައްލުކޮށް އެތަނަށް ޙައްޤު ގަދަރު ހޯއްދަވައި ދެއްވުމަކީ ސަރުކާރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއްކަމުގައި ދެކެން." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ހިންގުމުގެ ބޮޑު އިންސައްތައެއް ހަރަދުކުރަނީ ޒަކާތު ފަންޑުންނެވެ. ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހުޅުވި ސެންޓަރުން އަންނަނީ ސެޓްފިކެޓް ލެވެލުން ފެށިގެން ޑިގްރީ ލެވަލްގެ ކޯސްތައް ވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު