ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވީތީ ރާއްޖެއާމެދު ޙަސަދަވެރިވާ މީހުން އެބަތިބި ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތާބުގައި ސިޔާމް ވިދާޅުވީ، ރާއްޖޭ އިސްލާމްވީ ދުވަސް ފާހަގަކުރަމުންދާ އިރު، ވިސްނާ ފިކުރުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ އެކަމާ ހަސަދަވެރިވާ ވަރަށް ގިނަ ބަޔަކު ތިބިކަން ވިސްނަންޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމް ގައުމެއްގެ ގޮތުގައި ކާބަފައިން މިއަދުގެ ޖީލާހަމައަށް ދިވެހިރާއްޖެ ވާސިލުކޮށްދީފައި ވަނީ ދުނިޔޭގެ އެއްވެސް ގައުމެއް ނުވަތަ ޖަމާއަތެއްގެ ފިއްތުމަކަށް ބޯލެނބުމެއް ނެތި ހިތްވަރާ ކެރުންތެރިކަމާއެކު ފިސާރި ސާބިތުވެ ތިބެގެން ކަމަށެވެ. އަދި ރާއްޖޭގެ ހަޔާތުގައި ދިވެހިންނަށް ލިބިގެންދިޔަ އެންމެބޮޑު ނިއުމަތަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނޫރުގެ ހިދާތަޔު ލިބުން ކަމަށް ސިޔާމް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް ބަވަނަވެފައިވާ ދުނިޔޭގައި އިސްލާމް ދީނުގެ މަތިވެރި ނިއުމަތުން ދިވެހިން ދުރުކޮށް، މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި މަދުން ނަމަވެސް ދިވެހިން ބައިވެރިވަމުންދާކަމީ ނުހަނު ހިތާމަހުރި ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމްގެ ޚިތާބުގައި ވަނީ، ދިވެހި ރައްޔިތުން އިސްލާމްދީނާއި ދުރުކޮށް، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުކަށް ގެނެސް، މާތް ނަބިއްޔާއަށް ފުރައްސާކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް ޖާގައެއް ނުދިނުމަށް އަޒުމުކަނޑައެޅުމަށް ގޮވާލަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު