އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އަމިއްލަ މަސްލަޙަތަށްވުރެ ދީނާއި ޤައުމުގެ މަސްލަޙަތު އިސްކުރުމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ގޮވާލައްވައިފި އެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި ޑރ. ޝަހީމް ވިދާޅުވީ ދިވެހިންނަށް ލިބުނު އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ކަމަށެވެ. އެގޮތުން އިސްތިޢުމާރީ ބާރުތަކުގެ ކުރިމަތީގައި ހިންދަމާލުމުގެ ހިތްވަރު ދިވެހިންނަށް ލިބުނީ އިސްލާމްދީނުގެ ސަބަބުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މި ޤައުމުގައި އިސްލާމީ ސަޤާފަތާއި އަޚްލާޤާއި ޙަޟާރަތު ދަމަހައްޓައި ނެގެއްޓުމަށް އެންމެން ގުޅިގެން ތެދުވަން ޖެހޭ. ޤައުމުގެ ޒުވާންޖީލަށް ކުރިމަތިވަމުންދާ ފިކުރީ ގޮންޖެހުންތަކާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކޮށް ދިނުމަށްޓަކައި އެންމެން އެކުވެރިކަމާއެކުގައި ތެދުވަންޖެހޭ. އަމިއްލަ މަސްލަޙަތައްވުރެ ދީނާއި ޤައުމުގެ މަސްލަޙަތު އިސްކުރަން ޖެހޭ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



ޑރ. ޝަހީމްގެ ޚިތާބުގައި، ސައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރަންޖެހޭ ކަމަށާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން މަތީގައި ދިވެހިން ދެމިތިބެއްޖެނަމަ އެއްވެސް ބަޔަކަށް ރާއްޖޭގެ މިނިވަންކަމުގެ ކިއްލާ ފޫއަޅުވާ ނުލެވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު