މިނިމަމް ވޭޖަކީ އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމެނުނު ވަޢުދެއް ކަމަށާއި، މިއަދު އެވަޢުދު ފުދިގެން ދިޔަ ކަމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް މިއަދު ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އުޅޭ 33 ހާސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އެކަމާގުޅިގެން ސަރުކާރަށް މަރުޙަބާ ދަންނަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިނިމަމް ވޭޖަކީ އެމްޑީޕީގެ ވަޢުދެއް ކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމެނިފައިވާ އަދި އެޖެންޑާ-19 ވެސް ބުނި އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއްޖެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުފުރައިގެ 317482 މީހުން އުޅެއެވެ. އެއީ 147753 ފިރިހެނުންނާއި 169729 އަންހެނުންނެވެ. މީގެތެރެއިން ވަޒީފާގައި އުޅެނީ ނުވަތަ ވަޒީފާއެއް އަދާކޮށްގެން އާމްދަނީ ހޯދަނީ 191270 މީހުންނެވެ. އެއީ 113849 ފިރިހެނުންނާއި 77421 އަންހެނުންނެވެ.
މީގެއިތުރުން މިއަދު ކަނޑައެޅިގެންދިޔަ މިނިމަމް ވޭޖަކީ ކުދި ޖަޒީރާ ގައުމުތަކާއި އަޅާބަލާއިރު ޖީޑީޕީގެ ނިސްބަތުންވެސް ރަނގަޅު އަދަދުތަކެއްކަން ސަރުކާރުން ފާހަގަކުރެއެވެ.

MDP ge vaudhu: MDP ge konme manifesto ehga himenifava adhi Agenda19 ves buni enme kuda ujoora kanda elhijje. Raajje ge masakkaiytherinnah kankan kashavaru kohdhinumakee abadhuves MDP ge amaaz. Sarukaar aai Majlis ah marhaba
— Mohamed Nasheed (@MohamedNasheed) November 8, 2021
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުފުރައިގެ 317482 މީހުން އުޅެއެވެ. އެއީ 147753 ފިރިހެނުންނާއި 169729 އަންހެނުންނެވެ. މީގެތެރެއިން ވަޒީފާގައި އުޅެނީ ނުވަތަ ވަޒީފާއެއް އަދާކޮށްގެން އާމްދަނީ ހޯދަނީ 191270 މީހުންނެވެ. އެއީ 113849 ފިރިހެނުންނާއި 77421 އަންހެނުންނެވެ.
މީގެއިތުރުން މިއަދު ކަނޑައެޅިގެންދިޔަ މިނިމަމް ވޭޖަކީ ކުދި ޖަޒީރާ ގައުމުތަކާއި އަޅާބަލާއިރު ޖީޑީޕީގެ ނިސްބަތުންވެސް ރަނގަޅު އަދަދުތަކެއްކަން ސަރުކާރުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު