މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާގެ މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލަ އަނބުރާ ފޮނުވާލީ ބައެއް ކަންކަން އިސްލާހުކުރުމަށް ކަމަށެވެ. މިދިޔަ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ބައެއް މިސްކިތްތަކަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދުގެ މައްޗަށް އާންމު މަސްލަހަތަށް ގެއްލުންހުރި ކަމެއް ކުރުމުގެ ތުހުމަތުގައި ދައުވާކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 24 ގަ އެވެ.
އެމައްސަލާގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުން އުމުރުން 40 އަހަރުގެ މ. ޝޭޑީހޯމް، ހަސަން ޒިޔާދު އިއްޔެ ވަނީ ހެންވޭރު އިސްކަންދަރު މިސްކިތުގައި އޮތް ހަތިމަކަށް ކުޅުވެސް ޖަހާފައެވެ. އޭނާ ޚަތިމަށް ރަތް ކުޅު ޖެހުމުން މިސްކިތުގައި ތިބިމީހުން ވަނީ އޭނާ ހިފަހައްޓައި ފުލުހުންނާ ޙަވާލުކޮށްފައެވެ. އަދި އޭނާ ވަނީ ޚަތިމަށް ކުޅުޖެހިކަމަށް އިޢުތިރާފް ވެފައެވެ.
މީގެ ކުރިން އޭނާ ވަނީ ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒަށާއި މަޖީދިއްޔާ ސްކޫލު ކައިރީގައި ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތު ހަރިންމައިގެ ތެރެއަށް ކުޑަކަމު ގޮސްފައެވެ. މިކަމާ ގުޅިގެން އޭނާ ބަންދުކުރަން ކޯޓަށް ގެންދިއުމުން އޭނާ ބުނެފައިވަނީ އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއްކަމަށެވެ.
ފުލުހުން ފުރަތަމަ ބުނެފައި ވަނީ އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. ނަމަވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ އޭނާގެ އެފަދަ މައްސަލައެއް ހުރިކަން މެޑިކަލް ރެކޯޑްތަކުން ނުދައްކާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު