ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ
ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ
36 އަހަރުން ނުލިބުނު މުސާރައިގެ ޙައްލު ހޯއްދަވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް "މިނިމަމް ވޭޖް" ކަނޑައަޅައި މިސަރުކާރުން އެކަން އިޢުލާނު ކޮށްފައިވާތީ، "ހިދުމަތުގައި 36 އަހަރު، 4،465ރ މިއީ ހައްގު މިންވަރުތޯ؟" ބުނެ ލިޔެފައިވާ ބޯޑެއް ހިފައިގެން ހުރި ދުވަސްވީ މީހެއްގެ ފޮޓޯއެއް ޙިއްސާ ކުރަށްވަމުން ޔައުގޫބު ރޭ ވިދާޅުވީ، ފާއިތުވެގެން ދިޔަ 36 އަހަރު މަސައްކަތްކުރި އެ ދައްތަގެ ދިގު އިންތިޒާރަށް ރައީސް ޞާލިޙް އެވަނީ ނިމުން ގެނެސްދެއްވާފައި ކަމަށެވެ.

"މިއީ ވައުދު ފުއްދާ ސަރުކާރެއް. އަދި ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް. 36 އަހަރު ނުލިބުނު މުސާރައިގެ ހައްލު އެއޮތީ ހޯދައިދީފަ،" ޔައުގޫބު ވިދާޅުވިއެވެ.



މިނިމަމް ވޭޖު ބޯޑުން ދިން ލަފާ ދިރާސާކުރުމަށްފަހު ސަރުކާރުން އިއްޔެ އިޢުލާނުކުރި މިނިމަމް ވޭޖާއިއެކު ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000 ރުފިޔާއެވެ. މީގެ ކުރިން ސިވިލް ސަރވިސްގެ އެންމެ އާދައިގެ މަސައްކަތު މީހަކަށް މުސާރައިގެ ގޮތުގައި ދެމުންއައީ 3100 ރުފިޔާއެވެ. އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރުންނަށް މީގެ ކުރިން ދެމުންދިޔަ އަސާސީ މުސާރައަކީ 4465 ރުފިޔާއެވެ.

ސަރުކާރުން އިއްޔެ ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 4500 ރުފިޔާއަކީ ކުދި ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ. އެއީ ވިޔަފާރީގެ ސާފު ފައިދާ އަހަރެއްގެ މައްޗަށް 75000 ރުފިޔާއަށް އަރާ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ޢަދަދެވެ. މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ޢެކޮއި

12-Nov-2021

ޔައުގޫބު 30އަހުރުވަހު ނުހޯދަދެނު މުސާރަ ސާލިހައް ހައް ހޯދަދެވުނީ ކޮންދުވަހަކުތަ ތިމާމެންނައް ވެރިކަން ކުރަން އާރާބާރު ލިބުނީމާ ވެރިކަން ކުރަން ނޭގުނުބައަ ކަށްކޮން ހައްގެއް ހޯދަދެވޭނީ ???????????


-7

ކިނބޫ

12-Nov-2021

ހާދަ ރަނގަޅު ކުއްޖެކޭ ސުލޮލޭއަކީ. މަސައްކަތު ވަގުތުވެސް ހައްލުކޮށްދީފި. ސާބަސްފުޅު.