ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޫއްޑޫއާއި ވިލިނގިލި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އަވަސްކޮށް ދިނުމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ގޮވާލައްވައިފިއެވެ.
ސަޢުދު މި ބީދައިން ގޮވާލަށްވާފައިވާއިރު ހުވަދުއަތޮޅު ފަސް ރަށެއް ގުޅާލުމަށް ގޮވާލައި ގއ. ނިލަންދޫ ކައުންސިލުން މިއަދު ވަނީ ގަރާރެއް ފާސްކޮށްފައެވެ. އަދި ގއ. ދާންދޫ ކައުންސިލުންވެސް އިއްޔެ ވަނީ ދާންދޫ އާއި ނިލަންދޫ ގުޅާލުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން މެންބަރު ސަޢުދު ޙުސައިން މިއަދު ވިދާޅުވީ ވިލިނގިލި-ކޫއްޑޫ ބްރިޖްގެ ވިސްނުމަކީ ރަށްރަށުގެ ކައުންސިލްތަކުގެ، ބްރިޖުން ގުޅާލުމުގެ ތަޞައްވަރު ޙަޤީޤަތަކަށް ހެދުން ކަމަށެވެ.
"އަތޮޅުގެ ރަށްތައް ބްރިޖް ކަނެކްޝަނުން ގުޅާލާ އިކޮނޮމިކް އަދި ސޯޝަލް ބެނެފިޓްސް އޭގެ އެންމެ ފުޅާމިނުގައި ރައްޔިތުންނަށް ލިބި ދިނުމަކީ މުޅި އަތޮޅުގެ އުންމީދު." މެންބަރު ސަޢުދު ވިދާޅުވެފައިވެއެވެ.
ނިލަންދޫ ކައުންސިލުން މިއަދު ފާސްކޮށްފައިވާ ގަރާރުގައި ވަނީ ގއ އަތޮޅު ދާންދޫ، ނިލަންދޫ، މާމެންދޫ، ވިލިނގިލި އަދި ކޫއްޑޫ ބުރިޖަކުން ގުޅާލުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެކަމުގެ ސަބަބުން މިހާރު ރަށްރަށުގައި ގާއިމް ކޮށްފައިވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ 12000 މީހުންނަށް އެއްގަމު މަގުން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބުމާއެކު ރައްޔިތުންނަށް އެތައް ގޮތަކުން ޚަރަދު ކުޑަވެގެން ދާނެ ކަމަށް އެ ޤަރާރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު