ރިސޯޓުތައް ހިންގާތާ އެތައް އަހަރެއް ވެގެންދާއިރުވެސް ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށުގެ ތަރައްޤީއަށް އެހީނުވާތީ ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ކ. ހިންމަފުއްޓަށް ދިމާވެފައިވާ ފެނުގެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ސައިރިކްސް ޝަރީފް ވިދާޅުވީ، ހިންމަފުށީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެރަށުގައި ސާފު ބޯފެން ލިބޭނެ އިންތިޒާމެއް ޤާއިމްވެފައި ނެތުން ކަމަށެވެ. އަދި ދާދިފަހުން ހިންމަފުއްޓަށް ޒިޔާރަތް ކުރެއްވި ކަމަށާއި އެރަށުގެ ރައްޔިތުން ބޭނުންކުރާ ފެނުން ދުވަނީ ނުބައިވަސް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަނގަޔަށް ލާން ނުކެރޭ. އެވާހަކަ އެއީ އެމީހުންގެ ޝަކުވާ. ފެނުން ދުވަނީ ފާ ވަސް." ސައިރިކްސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ކ. ހިންމަފުށީގައި ގެސްޓުހައުސްތައް ހިންގާ ކަމަށާއި، ހިތްގައިމު ގޮނޑުދޮށަކާއި ސާފު މޫދެއްވެސް އެރަށުގައި އެބައޮތް ކަމަށެވެ. ކައިރީގައި އޮތް ރިސޯޓުތަކުންވެސް ރަށްރަށުގެ ތަރައްޤީއަށް އެކަށީގެންވާ އެހީތެރިކަމެއް ނުދޭކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ހިންމަފުށި ވަށައިގެން ހުރި ރިސޯޓުތަކުގައި ބީޗާއި މޫދުކޮޓަރި އަޅައިގެން އެތަކެއް ހާސްޑޮލަރަށް އެނދެއް ވިއްކަމުންދާތާ 30 ވަރަކަށް އަހަރު ވެފައި ވީނަމަވެސް އަދިވެސް އެރަށު ރައްޔިތުން ބޭނުންކުރަނީ ވަޅުފެން ކަމަށެވެ.
"ހިންމަފުށީގެ ނަރުދަމާ ވަނީ އަޅާފައި. އެކަމަކު ފެނުގެ މަސައްކަތް އަދި ނުފެށޭ. ޕޮއިންޓަކީ ނަރުދަމާ އާއެކު ކީއްވެހޭ ފެންހޮޅި ނޭޅުނީ." ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ޝަރީފް ވިދާޅުވީ ހިންމަފުށީގައި ގެސްޓްހައުސަށް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އަދި އެރަށުގައި ގިނައިން ދިރިއުޅެނީ ރަށުގެ ރައްޔިތުންކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
މި ފަސްއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ އެންމެ ބޮޑު ވަޢުދެވެ. މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އެ މަސައްކަތް 2022 ވަނަ އަހަރުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅު ނިންމާލެވޭނެ ކަމަށެވެ. ސަރުކާރުން ބުނަނީ މިހާރު ގިނަ ރަށްރަށުގައި ވަނީ އެމަސައްކަތް ފެށިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު