އިދިކޮޅުު ފަރާތްތަކުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން
އިދިކޮޅުު ފަރާތްތަކުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން
އިދިިކޮޅުން އުޅެނީ ރައީސް ޔާމީން ޖަލަށް ފޮނުވާލުމުގެ މާސްޓަރ ޕްލޭނެއްގައި ކަމަށް ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ވެސް މާލޭގައި ބޮޑު ހިނގާލުމެއް ވަނީ ބާއްވައިފައެވެ. މި ހިނގާލުމުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ރާއްޖޭގަައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށެވެ. ހަމަ އެއާއެކު ރައީސް ޞާލިޙްގެ ސަރުކާރުގެ އިސްވެރިންގެ އިސްތިޢުފާއަށްވެސް މި ހިނގާލުމުގައި ގޮވާލާފައިވެއެވެ.

އިދިކޮޅުގެ ހިނގާލުމާ ގުޅިގެން ނިހާދު ވިދާޅުވީ އިދިިކޮޅުން އުޅެނީ ރައީސް ޔާމީން ޖަލަށް ފޮނުވާލުމުގެ މާސްޓަރ ޕްލޭނެއްގައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު ތިބީ ފިލާ ގޭގައި ކަމަށާއި އޭރު އެއްވެސް މަގުމަތީ ޙަރަކާތެއް ކުރިއަށް ގެންގޮސްފައި ނުވާކަމަށް ނިހާދު ވިދާޅުވިއެވެ.

"ގޭގަ މާގިނަދުވަސް ވާއިރަށް ހަރަކާތް ފުޅާކޮށް ވަރުގަދަކުރަން ފެށީ ޖަލަށް ފޮނުވާލަން." ނިހާދު ވިދާޅުވެފައިވެއެވެ.



އޭގެ އިތުރުން ރައީސް ޔާމީން ޖަލަށް ފޮނުވާލުމުގެ ޕްލޭންގެ އަޑީގައި ތިއްބެވީ މާލޭގެ މޭޔަރ ޑރ. މުޢިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަޙީމްގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ކަމަށް ނިހާދު ތުހުމަތު ކުރަށްވާފައިވެއެވެ.

"މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން ހަދަމުންދާ ކަމަށްބުނާ އެއްބަސްވުންތައް ހާމަކުރުމާއެކު، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގޮވައިލާ ހަރަކާތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ވަނީ މިނިވަންކަމުގެ ދިފާއުގައި، ނަމުގައި ބޮޑު ހިނގާލުމެއް ބާއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު