ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް (ކ)
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް (ކ)
ޕީޕީއެމް ނިކުމެ އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި "ކަންދެއްކުމަށް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އިއްޔެވެސް މާލޭގައި ބޮޑު ހިނގާލުމެއް ވަނީ ބާއްވައިފައެވެ. މި ހިނގާލުމުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ރާއްޖޭގަައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށެވެ. ހަމަ އެއާއެކު ރައީސް ޞާލިޙްގެ ސަރުކާރުގެ އިސްވެރިންގެ އިސްތިޢުފާއަށްވެސް މި ހިނގާލުމުގައި ގޮވާލާފައިވެއެވެ.

އިދިކޮޅުގެ ކަންބޮޑުވުންތަކާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ ޤައުމު ވިއްކާލަން ޤާނޫނުއަސާސީއަށް ބަދަލުގެނައި ބަޔަކަށް މިނިވަންކަމުގެ ދިފާޢުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ޕީޕީއެމް ނިކުމެ އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި "ކަންދެއްކުމަށް" ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އޭގެއިތުރުން ސިޔާސީ ބޭނުމަށް ދޮގުހަދާ ރައްޔިތުންނާ އަވައްޓެރި ގައުމުތަކާ ޖައްސައިގެން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ރައްޔިތުން ގުނބޯ ހައްދައިގެން "އިންޑިއާ އައުޓް" ގޮވަމުން ތި ދުވާ ލީޑަރުންނަށް ރަނގަޅަށް އެނގޭނެ މި ޤައުމުގެ މިނިވަންކަމަކަށް އެއްވެސް ނުރައްކަލެއް ނެތްކަން." ރޮޒޭނާ ވިދާޅުވެފައިވެއެވެ.

ރޮޒޭނާ އިތުރަށް ވިދާޅުވީ މާދަމާ ވެރިކަން ލިބުނަސް ޕީޕީއެމްގެ ލީޑަރޝިޕް ތިބޭނީ އަނެއްކާވެސް އިންޑިއާ އާ އެކީގައި އަނެއް އެގްރިމެންޓެއް ހަދައިގެން ކަމަށެވެ. އަދި އުތުރުތިލަފަޅު އެގްރިމެންޓަކީ ވެސް ޕީޕީއެމުން ކުރިން ހެދި އެގްރިމެންޓެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އިދިކޮޅުން މިހާތަނަށް ސިޔާސީ ނުކޮށް އޮތް ހަމައެކަނި ކަމަކަށް އޮތީ ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ބޭރު ގައުމުތަކާ މެދު އޮތް ގުޅުން ކަމަށާއި މިހާރު އެންމެ ފަހުން އެ ކަން ވެސް މި ދަނީ ކުރަމުން ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ބޭބެ

15-Nov-2021

ރޮޒައިނާ އަށް ވެރިކަން ނުލިބޭނެކަން އެގޭތީ މަޖުލިސްގޮޑީގެ ދަހިވެތިކަމުގާ އަބަދުވެސް އުޅެނީ ކޮންމެވެސް އެއްބައެއްގެ ފަސްބައިގާ އެލިގަނެގެން