ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ގާޒީ އާދަމް މުހައްމަދު ނިންމެވީ އޭނާގެ ބަންދަށް 30 ދުވަސް ދިނުމަށެވެ. ދަޢުލަތުން އެދުނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށް ދިނުމަށެވެ.
ރައީސް ނަޝީދު "ދެން ރާއްޖެ އައިސްފިނަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނަން" ކަމަށް ބުނެ އިންޒާރު ދިން 40 އަހަރުގެ އިސްމާއީލް ޔާސިފް ރ. މީދޫއިން ހައްޔަރުކުރީ އޮގަސްޓްމަހުގެ 23 ވަނަ ދުވަހުއެވެ. އެމައްސަލާގައި ހ. ލައިޓްނައިޓް އިސްމާޢީލް ޔާފިސްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށައަޅާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އިސްމާޢީލް ޔާފިސް، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިޢުކޮށް، 2020 ވަނަ އަހަރުން ފެށިގެން އިސްމާޢީލް ޔާފިސް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލޯޓްފޯރމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ މައްސަލައިގައި 3 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އިސްމާޢީލް ޔާފިސްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދަޢުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދަޢުވާ އާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދަޢުވާއެވެ.
ރައީސް ނަޝީދަށް އިންޒާރުދިން މައްސަލާގައި ޔާސިފް ހައްޔަރުކޮށްގެން އޭނާ ފުރަތަމަ ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އެ ކޯޓުގެ ހުރުމަތް ކަނޑައިގެން ވެސް އޭނާ ވަނީ 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
އޭގެ ފަހުން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކަނޑައިގެން އެދުވަހުވެސް އޭނާ 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އޭނާގެ ބަންދުގެ މުއްދަތަށްވެސް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.
ރައީސް ނަޝީދަށް އިންޒާރުދިން މީހާ ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަަހަށް ޖަލަށްލާފައިވަނީ, ކޯޓުގައިވެސް ތަކުރާރުކޮށް ރައީސް ނަޝީދު އެނބުރި ރާއްޖެއަށް އަތުވެއްޖެނަމަ އަވަހާރަކޮށްލާނެ ކަމަށް އިންޒާރު ދިނުމުންނެވެ.
އައިސިސްގެ ދިދަ އާއި ކަނޑިއަކާއެކު އެ ކޮމެންޓު ކުރި މީހާ ވަނީ ރައީސް ނަޝީދު "ދެން ރާއްޖެ އައިސްފިނަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނަށް" ގެންނަން ބުނެފައެވެ. އަދި ހައެއް މެއި ގައި ކަންވީގޮތަށްވުރެ، ދެން ކުރިމަތިވާ ކަންތައް ހިތިވާނެ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު