އިސްތިއުފާދެއްވި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
އިސްތިއުފާދެއްވި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ސަރުކާރުގެ އެންމެބޮޑު ފެއިލިއާ އަކީ މަރުތަކަށް އިންސާފު ހޯދައި ނުދެވުން ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ޝިދާތާ މިއަދު ވިދާޅުވީ، ކޯލިޝަން ސަރުކާރުން ވެރިކަމަށް އައުމަށް ވޯޓު ހޯދަން އެންމެ އަޑުހަރުކޮށް ދެއްކި ވާހަކައަކީ ގެއްލުވާލާފައިވާ މީހުންނާއި އަނިޔާވެރިކޮށް މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ވާހަކަތައް ކަމަށެވެ. ނަމަވެސް މިއަދު އެކަމާ އުޅޭ މީހަކު ނެތް ކަމަށް ޝިދާތާ ވިދާޅުވިއެވެ.

"ވެރިކަމަށް އައުމަށް ވޯޓު ހޯދަން އެންމެ އަޑު ހަރުކޮށް ދެއްކި ވާހަކައަކީ ރިޟުވާން ގެއްލުވާލި ވާހަކަ، ޔާމީން ރަޝީދުގެ މަރުގެ ވާހަކަ، އަފްރާޝީމްގެ މަރުގެ ވާހަކަ. މިއަދު މިކަމައިގެން އުޅޭ މީހަކު ނެތް." ޝިދާތާ ވިދާޅުވެފައިވެއެވެ.



މަޤާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ ޝިދާތާގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވި ޝިދާތާ ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ފެއިލިއަރ އަކީ މަރުތަކަށް އިންސާފު ހޯދައި ނުދެވުން ކަމަށެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި، އަންހެނުންނާ ދެކޮޅަށް ހިންގޭ ލާއިންސާނީ ޢަމަލުތައް ބޮއްުސުންލައި، އެ މައްސަލަތައް ޙައްލު ކުރުމުގައި ޝިދާތާގެ ޤާބިލް ކަމެއް ނެތްކަމުގެ އަޑުތައްގަދަވެ މިނިސްޓަރު ކަމުގެ މަޤާމުން ޝިދާތާ އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަަނަ ދުވަހުއެވެ.

ރައީސް ޔާމިންގެ ވެރިކަމާ ދެކޮޅަށް ނުކުމެ އަޑު އުފުލައި މިހާރުގެ ސަރުކާރު ވެރިކަމަށް ގެންނަން އެންމެން ވަރުގަދައަށް މަސައްކަތްކުރި މީހުންގެ ތެރޭގައި ހިމެނޭ ޝިދާތާ ދާދިފަހުން ވަނީ އަދާލަތު ޕާޓީންވެސް ވަކިވެ ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު