ޒިންމާދާރުކަން ކުޑަ ދަރަނިވެރި ކަމަކީ ފޮނި އަނގައަކުން ފިލާނެ ކަމެއް ނޫންކަމަށް ނެޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އޮޑިޓިންގ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒަރިޔަންދު ވިދާޅުވެފައިވަނީ، ޒިންމާދާރުކަން ކުޑަ ދަރަނިވެރި ކަމަކީ ފޮނި އަނގައަކުން ފިލާނެ ކަމެއް ނޫންކަމަށެވެ. މަޖިލީހުގެ ބަޖެޓް ސްޕީޗްގެ ރެކޯޑިންތަށް ރަނގަޅަށް އަޑު އެއްސެވިކަން ފާހަގަކުރަށްވަމުން ޒަރިޔަންދު ވިދާޅުވީ، މަޖިލީހުގެ ގިނަ އިއްޒަތްތެރި މެމްބަރުން ބަޖެޓް ބެއްލެވިހެން ހީފުޅުނުވާ ކަމަށެވެ. ބައެއް މެމްބަރުންގެ ވާހަކަފުޅުން ބޮޑަށް ވައްތަރީ އަޅަކު ސާހިބު މީހާއާ ހުޝާމަދު ކުރާހެން ކަމުގައި ވެސް ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައިވަނީ ބަޖެޓުގެ ދަރަނި އިންތިހާއަށް ބޮޑުއިރު ސަރުކާރުން ހުށައެޅި ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކުރުމަށް ކޮމެޓީން ފާސްކޮށްފައިވާތީ އެކަމަށް އިޝާރަތް ކުރަށްވަ އެެވެ. އޭގެ ތެރޭގައި 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އިތުރުކުރި 57.4 މިލިއަން ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް އިތުރުކުރި 16.4 މިލިއަން ރުފިޔާ ހިމެނެއެވެ.
އެހެންކަމުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމަށް ނިންމުމުން ބަޖެޓްގެ ޖުމްލަ ޢަދަދު ވަނީ 36.9 ބިލިއަން ރުފިޔާ އަށް އަރާފައެވެ.
ޒަރިޔަންދަކީ ޤައުމުގައި ހިނގަމުންދާ ކޮރަޕްޝަނާއި، އިޖްތިމާޢީ އަދި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ތަފާތުއެކި މަންސަތަކުގައި ޚިޔާލުފާޅުކުރައްވައި ބަސްވިދާޅުވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

މަޖްލިސްގެ ބަޖެޓް ސްޕީޗްގެ ރެކޯޑިންގް ތައް މިއަދު އަޑުއަހާލިން
— Ismail Zariyand (@zariyand) November 19, 2021
ގިނަ ބޭފުޅުން ބަޖެޓް ބެއްލެވިހެން ހިޔެއް ނުވޭ،
ބައެއް އިއްޒަތްތެރި މެމްބަރުންގެ ވާހަކަ ބޮޑަށް ވައްތަރުވަނީ: އަޅަކު ސާޙިބު މީހާއަށް ހުޝާމަދުކުރުމާ
-ޒިންމާދާރުކަންކުޑަ ދަރަނިވެރިކަމަކީ ފޮނިއަނގައަކުން ފިލާނޭ ކަމެއްނޫން-
ޒަރިޔަންދު މިހެން ވިދާޅުވެފައިވަނީ ބަޖެޓުގެ ދަރަނި އިންތިހާއަށް ބޮޑުއިރު ސަރުކާރުން ހުށައެޅި ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކުރުމަށް ކޮމެޓީން ފާސްކޮށްފައިވާތީ އެކަމަށް އިޝާރަތް ކުރަށްވަ އެެވެ. އޭގެ ތެރޭގައި 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އިތުރުކުރި 57.4 މިލިއަން ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް އިތުރުކުރި 16.4 މިލިއަން ރުފިޔާ ހިމެނެއެވެ.
އެހެންކަމުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމަށް ނިންމުމުން ބަޖެޓްގެ ޖުމްލަ ޢަދަދު ވަނީ 36.9 ބިލިއަން ރުފިޔާ އަށް އަރާފައެވެ.
ޒަރިޔަންދަކީ ޤައުމުގައި ހިނގަމުންދާ ކޮރަޕްޝަނާއި، އިޖްތިމާޢީ އަދި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ތަފާތުއެކި މަންސަތަކުގައި ޚިޔާލުފާޅުކުރައްވައި ބަސްވިދާޅުވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު