ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބުދުﷲ ޚަލީލް
ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބުދުﷲ ޚަލީލް
އާމްދަނީ އިތުރުވާނެ އެއްވެސްކަމެއް އަދި މިސަރުކާރުން ނުކުރާ ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބުދުﷲ ޚަލީލް މި މޭރުމުން ވިދާޅުވީ، އެމްއެމްއޭއިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއްއަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރުމާއި ގުޅިގެންނެެވެ.

ޑރ. ޚަލީލް ވިދާޅުވީ މިސަރުކާރުން ފައިސާ ޕްރިންޓްކޮށް، ލޯނުނަގައިގެން ކުރަނީ ރިކަރަންޓް ޚަރަދު ކަމަށެވެ. އަދި އެ ފައިސާއިން ކުރަނީ ޢާމްދަނީ އިތުރުނުވާ ބޭކާރު ކަންތައްތައް ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

"އަމިއްލަ ޖާހު ބޮޑުކުރުމުގެ މިސިޔާސަތު ދަމަހައްޓާނަމަ ރާއްޖެ ބަގުރޫޓްވެ ސޮވެރެއިން ޑިފޯލްޓަކަށް ދާނެ. އާމްދަނި އިތުރުވާނެ އެއްވެސްކަމެއް އަދި މިސަރުކާރުން ނުކުރޭ!" ޑރ. ޙަލީލް ވިދާޅުވެފައިވެއެވެ.



އޯވަޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައެޅީ 3.5 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުމަށް ނުވަތަ ޗާޕު ކުރުމަށެވެ. އެހެން ނަމަވެސް އޯޑީގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށައެޅުއްވުމުން އެހުށައެޅުން ވަނީ ފާސްވެފައެެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ދެ ފަހަރެއްގެ މަތިން ފައިސާ ޗާޕު ކުރުމުގެ ހުއްދަ ހޯދާފައެވެ. އަދި ތިން ވަނަ ފަހަރަށް ފައިސާ ޗާޕު ކުރަން މަޖިލިހުގެ ހުއްދައަކަށް އެދުމުން އަދަދު ކުޑަކޮށް ފައިސާ ޗާޕްކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުގެ ބަޖެޓް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ފައިސާ ޗާޕުކުރުމަކީ ދައުލަތަށާއި އިގްތިސާދާއި ފިޒިކަލް ޕޮލިސީއަށް މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ފައިސާ ޗާޕްނުކޮށް ދަރަންޏަށް ފައިސާ ނަގައިފިނަމަ ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެގެންދާނެ ކަމަށެވެ. އަދި ފައިސާ ޗާޕްނުކޮށްފިނަމަ ބަޖެޓް 26 ބިލިއަން ރުފިޔާއަށް ކުޑަކުރަންޖެހޭނެ ކަމަށާއި، އޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވެސް މަޑުޖައްސައިލަން ޖެހޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން