ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ސުޕްރީމް ކޯޓުގައި އޮތް މައްސަލައަކަށް ހާޒިރުވާން ޖެހޭ ގަޑީގެ 11 މިނެޓު ފަހުން ޙާޟިރުވުމުން 250 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިއަދުގެ ހެނދުނު 9:00 އަށް ސުޕްރީމްކޯޓުގައި އޮންލައިންކޮށް ތާވަލުކޮށްފައިއޮތް މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި، ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ލިބޭ މުހައްމަދު ޖަނާހުގެ ޝަރީއަތަށް ޕީޖީގެ ވަކީލުން ގަޑިޖެހިގެން ޙާޟިރުވުމުން އެ ޝަރީއަތުގެ އަޑުއެހުން ފެށުނީ 9:20 ގައެވެ.
އަޑުއެހުން ފެއްޓުމާއެކު ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުސުއޫދު ވިދާޅުވީ ވަގުތަކީ ރަނަށްވުރެ ވެސް އަގު ބޮޑު އެއްޗެއް ކަމަށާއި ވަގުތަކީ ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ. އަދި ޝަރުއީ އެއްވެސް ކޯޓަކުން ގަޑިއަކަށް ކިޔައިފި ނަމަ, އެ ގަޑިއަށް ކޮންމެ ބޭފުޅަކުވެސް ހާޒިރުވާން ޖެހޭނެ ކަމަށް ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.
ކޯޓުގެ އަމުރުތަކަކީ ކޮންމެ މީހަކުވެސް އެ އެއްޗަކަށް ތަބާވާން ޖެހޭނެ އެއްޗެއް ކަން ފާހަގަ ކުރަށްވައި ސުޢޫދު ވިދާޅުވީ މިއަދު ޕީޖީގެ ވަކީލުން ކޯޓުގެ ޗިޓާ ހިލާފުވެފައިވާކަމަށެވެ. އެހެންކަމުން ޕީޖީ އޮފީސް 250 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ފަނޑިޔާރު ސުޢޫދު ވިދާޅުވީ އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ކޯޓަށް ނުދައްކައިފި ނަަމަ ޕީޖީގެ ވަކީލުންނަށް އެ މައްސަލައިގެ އަޑުއެހުންތަކުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު