އެމްއެމްއޭ ގެ ވެރިންނަށް ރާއްޖޭގެ މަނިޓަރީ ސިޔާސަތު ރަނގަޅަށް މޮނިޓަރ ނުކުރެވޭ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަދި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުމުން އަރައިގަންނަން ބޭނުންނަމަ ކުރަން ޖެހޭ ކަމަކީ އިޤްތިޞާދު އިތުރަށް ފުޅާކޮށް އިންވެސްޓްކުރާ މިންވަރު އެތައް ގުނައަކުން އިތުރުކުރުން ކަމަށެވެ. އަދި އެނޫން ގޮތަކަށް ރާއްޖެއަށް ދެން އަރައި ނުގަނެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އެމްއެމްއޭ ހިންގަން ތިއްބެވި ބޭފުޅުން ސްޓެބިލިޓީއަށް ވިސްނުމާއެކު ރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންދާނެ ގޮތަކަށް މޮނިޓަރިން ސިޔާސަތު ބައްޓަންކޮށް ރާއްޖޭގެ ފިސްކަލް ސިޔާސަތާއި މޮނިޓަރިން ސިޔާސަތު ފައިހަމަވާނެ ގޮތަކަށް ކަންތައްތައް ކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. އެކަން އެންމެ އެދެވޭ ގޮތަށް ކުރެވެއޭ ދެންނެވޭކަށް ނެތް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ ބައެއް ކޮމާޝަލް ބޭންކް ތަކުން ބޭންކިން ލައިސެންސް ހޯދައިގެން ކުރާކަމަކީ ކުރިން ދޫކޮށްފައިހުރި ލޯނުތަކެއްގެ އިންޓަރެސްޓް ނަގަނަގާ ތިބުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދަށް ފަހިވާގޮތަށް އިންވެސްޓްނުކުރާ ބޭންކްތަކުގެ ލައިސެންސާމެދު އިތުރު ވިސްނުމަކުން ވިސްނެވުމަށާއި މަރުކަޒީ ބޭންކެއްގެ ދައުރު އަދާކުރެއްވުމަށް ޝަރީފް ވަނީ އެމްއެމްއޭ އަށް ގޮވާލައްވާފައެވެ.
"އަލުންބަލުން އަޅުގަނޑު މި ގޮވާލަނީ ބޭންކިންގެ ސިޔާސަތަށް ބަލައި މިރާއްޖޭގައި އުފެދިފައިހުރި ބޭންކް ތަކުގެ ތެރެއިން މި ރާއްޖޭގެ އިގުތިޞާދީ ހަރަކާތްތަކަށް، ރާއްޖޭގެ ދިގުރާސްތާއަށް ކުރެވޭ އިންވެސްޓްމަންޓް ތަކަށް އިންވެސްޓް ނުކުރާ ފަރާތްތަކުގެ ލައިސަންސް ދީފައިވާ ގޮތްތައް އަލުން ބަލުން އެމްއެމްއޭއިން ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ދުނިޔޭގެ އެހެނިހެން ސެންޓްރަލް ބޭންކްތަކުން ވެސް ބެންކްތަކާ ދޭތެރޭ އަމަލުކުރާ ގޮތަށް ރެގިއުލޭޓް ކުރަން ފަށްޓަވާށޭ." ޝަރީފު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޝަރީފް ވަނީ ދިވެހި ފައިސާ ޕެކްކޮށްފައި އޮތްއޮތުން އެމްއެމްއޭއަށް މޮނިޓަރ ނުކުރެވޭނަމަ ދިވެހި ފައިސާ ފްލޯޓްކޮށް ޑޮލަރު އެކްސްޗޭންޖް ރޭޓް މާކެޓަށް ދޫކޮށްލުމަށް ގޮވާލަށްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް އާރޯކަން ލިބޭނީ އިޤްތިޞާދު ފުޅާވެ ޓެކްސްގެ ނިޒާމު ފުޅާވެގެން ކަމަށްވެސް ޝަރީފް މިއަދު ވިދާޅުވިއެވެ.
"ހިތާމައާއެކު ދަންނަވަން ޖެހެނީ އެ ޑޮލަރު ޕެގް ތަންފީޒު ނުކުރެވެއޭ. ތަންފީޒު ނުކުރެވެނީ ކަމަށް ވިއްޔާ މިހާރު ޑޮލަރު ޕެގް ކޮށްފަ އޮތް އޮތުން ދޫކޮށްލުމަށް އަޅުގަނޑު ގޮވާލަން. އަދި ދިވެހި ފައިސާ ފްލޯޓްކޮށް އެވަގުތަކު މާކެޓްގައި ސަޕްލައި ހުންނަ ގޮތަކަށް ބަލައި އެކްސްޗޭންޖް ރޭޓުގެ އަގު ކަނޑައެޅުން މާކެޓަށް ދޫކޮށްލާ. އޭރުން މިހާރަށްވުރެ މާ ފަހި ފުރުސަތު ތަކެއް ތަނަވަސް ވެގެންދާނެ. ޕެގް ކޮށްގެން އުޅޭކަމަށް ވަނީ ވިއްޔާ ޕެގް ދެމެހެއްޓުމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅު އަޅައި ރެގިއުލޭޓް ކުރެވެން ވާނެ." ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު