ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ލީކުކޮށްލި ޗެޓްލޮގްގެ ވާހަކަ ދައްކާނީ ކޯޓުގައި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް، ރިޝްވަތު ހިފުމުގެ ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅުމުން މަޙްލޫފްވަނީ ޔޫތު މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހްމަދާއި ޕީޖީ ޝަމީމާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް އާންމު ކުރައްވާފައެވެ. މަހްލޫފް ވިދާޅުވީ، އޭނާގެ މައްޗަށް އުފުލި ދަޢުވާތަކަކީ ވަަރަށް ޒާތީ ނިންމުމެއް ކަން، ޝަމީމާއި އަޒްމޫންގެ ޗެޓްލޮގުން ހާމަވާނެ ކަަމަށެވެ. އަދި ކޯޓުގައި ހަގީގަތް ސާފްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަޙްލޫފަށް ރައްދު ދެއްވަމުން ޝަމީމް މިއަދު ވިދާޅުވީ "ޗެޓްލޮގްގެ ވާހަކަ ދައްކާނީ ކޯޓުގައި" ކަމަށެވެ.

ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ރިޝްވަތު ހިފުމުގެ ދައުވާ މަޚުލޫފްގެ މައްޗަށް އުފުލައި އެމައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެެ.

އަޒްމޫނާއި ޝަމީމާ ދެމެދު ދެކެވިފައިވާ ވާހަކަ ތަކެއްގެ ޗެޓް ލޮގެއް ކަމަށް ވިދާޅުވެ މަހުލޫފު ލީކްކޮށްލެއްވި ޗެޓް ލޮގްގައި ޝަމީމު ވިދާޅުވެފައިވަނީ "900 ދުވަސް ވިޔަސް ބޭކާރު ގޮތުގައި ފުއްޕީމަ ވާގޮތް މީ،" ކަމަށެވެ. ނަމަވެސް މި ޗެޓް ލޮގްގައި ދައްކާފައިވަނީ ކަނޑައެޅިގެން ކާކުގެ ވާހަކައެއް ކަމެއް ދެބޭފުޅުން ވެސް ވިދާޅުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން