ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު
ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު
މީ ކޮރަޕްޝަނަށް ހިތްވަރުދޭ، ގޮތްނިންމަން ނުކެރޭ ސަރުކާރެއް ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ލީކުކޮށްލި ޗެޓްލޮގްގެ ވާހަކަ ދައްކާނީ ކޯޓުގައި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމަށް އިޝާރަތް ކުރައްވައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މަޙްލޫފު ގެންދަވަނީ ސިޔާސީ ގޮތުން "ކުޅި ޖައްސަވަމުން" ކަމަށާއި، މި ސަރުކާރުގެ ވެރިންތިބީ ކޮމްޕްރޮމައިޒްވެފައި ކަމަށެވެ. އަދި މީ ކޮރަޕްޝަނަށް ހިތްވަރުދޭ ގޮތްނިންމަން ނުކެރޭ ސަރުކާރެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ސަރުކާރު ހިންގަނީ ކަނޑުގައި އޮޔާދާ ބޮނބިގަނޑެއް އޮޔާދާހެން. ލައްގާނެ ތަނެއް، ލައްގާނެ ކަމެއްވެސް ނޭނގޭ." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް، ރިޝްވަތު ހިފުމުގެ ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅުމުން މަޙްލޫފްވަނީ ޔޫތު މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހްމަދާއި ޕީޖީ ޝަމީމާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް އާންމު ކުރައްވާފައެވެ. މަހްލޫފް ވިދާޅުވީ، އޭނާގެ މައްޗަށް އުފުލި ދަޢުވާތަކަކީ ވަަރަށް ޒާތީ ނިންމުމެއް ކަން، ޝަމީމާއި އަޒްމޫންގެ ޗެޓްލޮގުން ހާމަވާނެ ކަަމަށެވެ. އަދި ކޯޓުގައި ހަގީގަތް ސާފްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަޒްމޫނާއި ޝަމީމާ ދެމެދު ދެކެވިފައިވާ ވާހަކަ ތަކެއްގެ ޗެޓް ލޮގެއް ކަމަށް ވިދާޅުވެ މަހުލޫފު ލީކްކޮށްލެއްވި ޗެޓް ލޮގްގައި ޝަމީމު ވިދާޅުވެފައިވަނީ "900 ދުވަސް ވިޔަސް ބޭކާރު ގޮތުގައި ފުއްޕީމަ ވާގޮތް މީ،" ކަމަށެވެ. ނަމަވެސް މި ޗެޓް ލޮގްގައި ދައްކާފައިވަނީ ކަނޑައެޅިގެން ކާކުގެ ވާހަކައެއް ކަމެއް ދެބޭފުޅުން ވެސް ވިދާޅުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު