ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުޙައްމަދު ޣައްސާން މައުމޫން (ކ). އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުޙައްމަދު ޣައްސާން މައުމޫން (ކ). އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ބަދަލުވާ ވަޔާއެކު އެނބުރޭ ވަހުތާނެއްހެން ދުވަހަކުވެސް މިސްރާބު ބަދަލު ނުކުރަށްވާނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނާއިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ރައީސް ޔާމީންގެ އިސް ދިފާޢީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

މިހާރުގެ ސުޕްރީމް ކޯޓުގައި ތިއްބެވީ ނުފޫޒަށް ގުޑާވަރަށްވުރެ ފުންނާބުއުސް ބޭފުޅުން ކަމަށާއި އެބޭފުޅުން ރައީސް ޔާމީންގެ މައްސަލާގައިވެސް ޙުކުމް ކުރަށްވާނީ ޙައްޤަށް ކަމަށް ޤަބޫލު ކުރަށްވާކަމަށް ޣައްސާން ވިދާޅުވުމާ ގުޅިގެން ޑރ. ޖަމީލް ވަނީ ޙުކުމުގެ ވާހަކަ އެއްވެސް ބޭފުޅަކު ނުދެއްކެވުމަށް ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލަށް ނުސީދާކޮށް ރައްދު ދެއްވަމުން ޣައްސާން ވިދާޅުވީ އަބަދުވެސް އަމާޒަކީ ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުން ކަމަށެވެ. އަދި އެ އަމާޒް ބަދަލު ނުވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. އޭގެ އިތުރުން ދަށު ކޯޓުތަކުގެ މަރުޙަލާގައިވެސް ޙައްޤަށް ޙުކުމްކުރި ނަމަ ރައީސް ޔާމީން މިނިވަން ވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"ބަހާއި ޢަމަލު ދިމާކޮށް އަބަދުވެސް އިންޝާالله ސާބިތު ކުރާނަން. އިއްޔެވެސް މިއަދުވެސް އަދި މާދަންވެސް ރައީސް ޔާމީން 2023. އިންޝާالله." ޣައްސާން ވިދާޅުވެފައިވެއެވެ.



ރައީސް ޔާމިނަށް އިއްވާނެ ހުކުމަކާއި ބެހޭގޮތުން އެކި ފަރާތްތަކުން ޚިޔާލު ފާޅުކުރަމުންދާތީ ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު އަދި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ރައީސް ޔާމިންގެ ހުކުމް އަންނާނެ ގޮތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޮށްފައިވާ ހުކުމާއި މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ތާވަލްކޮށްފައިވަނީ އަންނަ އަންގާރަ ދުވަހު ހެނދުނު 09:00 އަށެވެ.



ކިޔުންތެރިންގެ ހިޔާލު


3

މަރީ

01-Dec-2021

ޢައްސާންގެ ވާހަކައިން ޔާމީނަށް ލިބޭނީ ގެއްލުން , ސަރުކާރު ފަޅިން ވަރުގަދައަށް ވިއްދާނެ , ބޯހަމަނުޖެހޭ މީހުންގެ ވައްތަރު މީހަކާއި ވައްތަރީ


5

އަހުމަދު

01-Dec-2021

ޚިޔާލެއް ބަދަލު ނުވިޔަސް އެފް ޕީ އައި.ޑި އިން އިލްޔާސް އިބްރާހީމް ވަގަށް ނެގި ފައިސާ އިން ހޯދާފައިވާ މުދަލުގެ ބޭނުން ނުކުރާ މީހަކަށް ނުވާނެ ގޮތެއް އޮންނާނެބާ؟