ރައީީސް ޔާމީނަށް ކުރާ ޙުކުމް ގުޅިފައިވަނީ ޤައުމުގެ ދިރުމާއި މަރުވުމާ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކޮށްފައިވާތީ އެ މައްސަލާގެ ޙުކުމް ކުރުން އަންނަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ. އެކަމާ ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ޤައުމެއް ދިރުވޭނީ ޒުވާނުންގެ ޙިއްސާ އިތުރުކުރެވިގެން ކަމަށެވެ. އެހެންކަމުން ރައީީސް ޔާމީނަށް ސުޕްރީމް ކޯޓުން ކުރާ ޙުކުމް ގުޅިފައިވަނީ ޤައުމުގެ ދިރުމާއި މަރުވުމާ ކަމަށް މެންބަރު ޙުސައިން ވިދާޅުވިއެވެ.
"ޤައުމު ދިރުވިގެން ނޫނީ ޒުވާނުންގެ ހިއްސާ ބޮޑުކުރެވޭކަށް ނެތް. ކައިގެން ބޮއެގެން އުޅެވޭކަށް ނެތް. ޤައުމު ދިރުވޭނެ އެކަށޭނަ ހަމައެކަނި ވެރިޔަކީ ރައީސް ޔާމީން." މެންބަރު ޙުސައިން ވިދާޅުވެފައިވެއެވެ.
މެންބަރު ޙުސައިން މި މޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު އަދި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވަނީީ، ރައީސް ޔާމިންގެ ހުކުމް އަންނާނެ ގޮތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޮށްފައިވާ ހުކުމާއި މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ތާވަލްކޮށްފައިވަނީ އަންނަ އަންގާރަ ދުވަހު ހެނދުނު 09:00 އަށެވެ.

SC in RY ah kuraa hukum gulhifaivanee Gaumuge dhirumai maruvumai. Gaumu dhiruvigen menuvee Zuvaanun ge hissaa bodu kureveykah neh. Kaigen boigen ulheveykah neh. Gaumu dhiruveyne ekasheyne hama ekani veriyakee RY.
— Hussain Mohamed Latheef (@HucenSembe) November 26, 2021
މެންބަރު ޙުސައިން މި މޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު އަދި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވަނީީ، ރައީސް ޔާމިންގެ ހުކުމް އަންނާނެ ގޮތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޮށްފައިވާ ހުކުމާއި މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ތާވަލްކޮށްފައިވަނީ އަންނަ އަންގާރަ ދުވަހު ހެނދުނު 09:00 އަށެވެ.
ކިޔުންތެރިންގެ ހިޔާލު