ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަަޝީދަކީ އެންމެ 1054 ވޯޓާއި އެކު މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތަށް ހޭދަކުރާ މިންވަރަށްވުރެ މަޖިލިސް ރައީސްގެ ސަލާމަތަށްކުރާ ހޭދަ ބޮޑުވެފައިވާތީ ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް މިއަދު ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކުރަށްވައިފި އެވެ.
މަލީޙް މި މޭރުމުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސުން އެޕާޓްމެންޓެއް ހަމަޖައްސަވައި ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން އެތައް ގުނައަކަށް މައްޗަށް ޖައްސައި ދަޢުލަތުން އެކަމަށް ބޮޑު ހޭދައެއް ކުރަމުން ގެންދާތީ އެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހުއެވެ. އެ ހަމަލާ އަށްފަހު މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ދައުލަތުގެ ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގަވާފައެވެެ.
އެކަމާ ގުޅިގެން މަލީޙް ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސްގެ ސެކިއުރިޓީއަށް ކުރާ ޚަރަދަށް ވުރެ މަޖިލިސް ރައީސް ނަޝީދަށް ކުރާ ހޭދަ އިތުރުވެފައިވާ ކަމަށާއި ރައީސް ނަޝީދަކީ 1054 ވޯޓާއި އެކު މަޖިލިހަށް ވެންނެވި ބޭފުޅެއް ކަމަށެވެ.
"ކޯވިޑް ބަލިމަޑުކަން އަދިވެސް ކޮޅެއްގައި ނުޖެހޭ. ރިސޯޓްތަކަށް ކެންސަލޭޝަން އަންނަ މިންވަރު އިތުރުވެއްޖެ. ޓެކްސް ޕޭޔަރ ހާސްކަމުގައި." މަލީޙް ވިދާޅުވެފައިވެއެވެ.
ދައުލަތުގެ ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސައިފައިވާއިރު އެ އިންތިޒާމް ހަމަޖެއްސުމަށް ފަނޑިޔާރުންގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު ވެސް ދާދިފަހުން ވަނީ އިސްލާހުކޮށްފައެވެ.
އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެއް ކަމަށް އެ ގާނޫނުގައިވެއެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު