ދިވެހިން އިސްލާމީ މާލީ ނިޒާމަށް ހިޖުރަކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯރ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މާލީ ނިޒާމަކީ އިސްލާމީ ޝަރީޢާއާއި އިސްލާމީ އާދަކާދައާ އެއްގޮތްވާ ގޮތުގެމަތިން މުއާމަލާތުކޮށް އިޤްތިޞާދީ ޙަރަކާތްހިންގައި ޚިދުމަތް ފޯރުކޮއްދެވޭ މާލީ ނިޒާމެވެ.
ކުރީީީގެެެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ މާލީ ނިޒާމު މިހާރަށް ވުރެ ބޮޑަށް ޕްރޮމޯޓްކޮށް، އުނގެނި، ރިބާއާ ދުރުވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ކޮންވެންޝަނަލް ފައިނޭންސް ސިސްޓަމުން އިސްލާމީ މާލީ ނިޒާމަށް ހިޖުރަކުރުމަށް މިއަދުގެ ޖީލުން ގަދަ އަޅައި މަސައްކަތްކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ މާލީ މުޢާމަލާތުގެ ނިޒާމަކީ ޢަދުލުވެރި މާލީ ނިޒާމެއް ކަމަށާއި ރާއްޖޭގައި އިސްލާމީ މާލީ ނިޒާމު ވަރުގަދަކޮށް ފުޅާކުރުމަށް ޑރ. ޝަހީމް ވަނީ ގޮވާލައްވާފައެވެ.
"ރިބަވީ މުޢާމަލާތްތަކުގެ ސަބަބުން މީސްތަކުންގެ ދިރިއުޅުން ފަނާވެ، ރިބާގެ ޝިކާރައިގައި ޖެހި މުޅި ޢުމުރު ހޭދަކުރަންޖެހޭ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު ބޭންކް އޮފް މޯލްޑިވްސް އިންވެސް ވަނީ އެ ބޭންކްގެ ޚިދުމަތް ފުޅާކޮށް އިސްލާމިކް ބޭންކިންގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.
މިއަދު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އިސްލާމީ ބޭންކިންގ އާއި އިސްލާމީ މާލީ ތަފާތު ޕްރޮޑަކްޓްތަށް ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވެއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތަކުންވެސް އިސްލާމީ ބޭންކިން ޚިދުމަތް ފޯރުކޮއްދެއެވެ. އިސްލާމީ ބޭންކުތަކަކީ މުސްލިމުންނަށް ބޮޑަށް އަމާޒުކުރެވިގެން އުފެދޭ ތަންތަންކަމުގައި ވިޔަސް އިސްލާމީ ބޭންކިން މިއަދު ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގެ ވިޔަފާރިވެރިންގެ މެދުގައިވެސް މަގްބޫލު އެއްޗަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު