އައިޖީއެމްއެޗް ގައި އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯގެ ފަރާތުން ޕިޔުރިޓީ ބްރޭންޑުގެ ހާއްސަ ގިފްޓު ހެމްޕާއެއް ދޭން ފަށައިފި އެވެ.
ރައީސް ޞާލިޙްގެ "ފަޚުރުވެރި ޢާއިލާ" ވަޢުދުގެ ދަށުން އައިޖީއެމްއެޗްގައި އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދިނުން މެދުކަނޑާލީ ކޮވިޑްގެ ސަބަބުން އެ ހޮސްޕިޓަލުން އެދިގެންކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުޙައްމަދު ރަޝާދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އައިޖީއެމްއެޗުގައި އުފަންވާ ކުދިންނަށް ހަދިޔާ ދިނުމުގެ ޕްރޮގްރާމް އެސްޓީއޯ އިން އަލުން ފަށާފައިވާއިރު މިފަހަރުގެ ގިފްޓު ހެމްޕާގައި ހިމެނޭ މައިގަނޑު ޕްރޮޑަކްޓުތަކަކީ އެކުންފުނިން ރާއްޖޭގެ ބާޒާރަށް އެތެރެކުރާ ޕިޔުރިޓީ ބްރޭންޑުން އަލަށް ތައާރަފުކުރި ޕްރޮޑަކްޓްތަކެވެ.
ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދަމުންދާ ޕިޔުރިޓީ ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް އަރާމް ލިއްބައިދޭ ޕްރޮޑަކްޓްތަކެކެވެ.
ފަޚުރުވެރި ޢާއިލާ" ނަމުގައި އެސްޓީއޯއިން ކުރިޔައް ގެންދާ ކެމްޕެއިންގައި މިހާތަނަށް ގިފްޓް ހެމްޕާ ހަވާލު ކުރަމުން ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލްގައި އުފަންވާ ކުދިންގެ އާއިލާތަކަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގައި އަލަށް އުފަންވާ ކުދިންނަށްދޭ މި ގިފްޓް ހެމްޕާގައި އެސްޓީއޯ އިން އެތެރެކުރާ ގިނަ ބައެއްގެ މަޤްލޫބުކަން ހޯދައިފައިވާ ޕްރޮޑަކްޓްތައް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ ބާޒާރުގައި ހުރި އެންމެ ކޮލިޓީ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑަރ ޕޭންޓްސް މި ގިފްޓް ހެމްޕާގައި ހިމެނޭނެ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.
އެސްޓީއޯއަކީ އަބަދުވެސް މުޖުތަމައަށް ފައިދާހުރި މިފަދަ ގިނަ ކެމްޕޭންތަކެއް ހިންގަމުން އަންނަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު