ކޯވިޑް-19 ޖެހިގެން މިއަދު އިތުރު ދެމީހަކު ނިޔާވެ ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ 250 އަށް އަރައިފިއެވެ.
ހެލްތް ޕްރެޓޮކްޝަން އެޖެންސީން ބުނީ، މިއަދު ނިޔާވި ދެ މީހުންގެ ތެރޭގައި ހިމެނެނީ ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި މީހަކު ކަމަށެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާކުރަމުން ދަނިކޮށް ނިޔާވީ އުމުރުުން 54 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ރޭ މެންދަމު 2:00 ހާއިރެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 249 ވަނަ މީހާއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ އުމުރުުން 90 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 10:42 ހާއިރެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 250 ވަނަ މީހާއެވެ.
މިއަދު ނިޔާވި ދެ މީހުންނާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 250 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 231 ދިވެހިންނާ 19 ބިދޭސީންނެވެ.
ނިމިދިޔަ އޮކްޓޯބަރުމަހު ކޮވިޑްގައި ރާއްޖެއިން 12 މީހަކު ނިޔާވެފައިވާއިރު، މި ނޮވެމްބަރު މަހު މިހާތަނަށް ކޮވިޑުގައި 7 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިއަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ދަށަށް ދިއުމަށްފަހު އަނެއްކާވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު