ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ގއ. ވޮޑަމުލާގެ މައްސަލާގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
މި މައްސަލާގައި މިއަދު ބޭއްވި ޙުކުމް އިއްވުމުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް އިސް ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާ މެދު ވަނީ ޝައްކު އުފެދިފައި ކަމަށާއި އެ ޝައްކު އުފެދުނީ ފައިސާ ޖަމާވިކަމަށް ބުނާ ޗެކް ނަންބަރާއި ބޭންކް ސްޓޭޓްމަންޓްގައި އޮތް ނަންބަރާ ދިމާނުވާތީ ކަމަށެވެ.
އަދި މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކުރި ހުކުމްގައި، ޖޫރިމަނާގެ އަދަދު ކަނޑައަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ގެ ރަޢުޔުގައި ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ޙުކުމް ކޮށްފައިވަނީ ކުށް ސާބިތުކުރުމުގައި ހެކި ވަޒަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށް ފަހުގައެވެ. ނަމަވެސް މި މައްސަލައިގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ ހަގީގަތް ބަލައި އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ އެއްޗެއް ނަމަ އެ ފައިސާ އާއި އެ ފައިސާ އިންވެސްޓްކުރުމުގެ ސަބަބުން ލިބިފައިވާ ފައިދާއެއް އަނބުރާ ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ޙުކުމްގައިވެއެވެ.
މި މައްސަލާގައި ފަނޑިޔާރު މަހާޒްގެ ރައުޔުއަށް އެ މައްސަލައިގެ ބެންޗުގައި ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމް ވަނީ ތާއީދު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު