ކުރީގެ ރައީސް ޢަބްދުالله ޔާމީނަށް މިއަދު އިއްވި ޙުކުމުން އެނގިގެން ދިޔައީ ސަރުކާރަށް ޝަރީޢަތުގެ ތެރެއަށް ނުވަދެވޭނެކަން ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނުގެ އިލްމުވެރިޔާ ޑރ. އިޔާޒް މިއަދު ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަން ކަމަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުންވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން އިއްވާފައިވާ ޙުކުމްތައް ބާތިލް ކޮށްފައެވެ.
ސަރުކާރަށް ޝަރީޢަތުގެ ތެރެއަށް ނުވަދެވޭނެކަން މިއަދުގެ ޙުކުމުން ހާމަވެއްޖެ ކަމަށް ޑރ. އިޔާޒް ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ މި މައްސަލަ ތަޙްޤީޤުކުރުމާއި ދަޢުވާކުރުމުގައި އިހުމާލުވުމުގެ ސަބަބުން މައްސަލައިިގެ ނިންމުމަށް އަސަރުކޮށްފައިވާކަން ހާމަކޮށްފައެވެ.
އެގޮތުން މި މައްސަލާގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާ މެދު ވަނީ ޝައްކު އުފެދިފައި ކަމަށާއި އެ ޝައްކު އުފެދުނީ ފައިސާ ޖަމާވިކަމަށް ބުނާ ޗެކް ނަންބަރާއި ބޭންކް ސްޓޭޓްމަންޓްގައި އޮތް ނަންބަރާ ދިމާނުވާތީ ކަމަށް ޝަރީޢަތުން ފާހަގަ ކުރެއްވިއެވެ. އަދި އެއީ ތަޙްޤީޤު މަރުޙަލާގައިވެސް ފާހަގަ ވާންޖެހޭނެ ކަންތައްތައްކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މައްސަލާގައި ހެކި ވަޒަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުއްވިއެވެ.
ނަމަވެސް މި މައްސަލައިގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ ހަގީގަތް ބަލައި އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ އެއްޗެއް ނަމަ އެ ފައިސާ އާއި އެ ފައިސާ އިންވެސްޓްކުރުމުގެ ސަބަބުން ލިބިފައިވާ ފައިދާއެއް އަނބުރާ ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ޙުކުމްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު