ކުރީގެ ރައީސް އަބްދުالله ޔާމީނަށް ދަށުކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ބާތިލް ކުރުމުން ދޭހަވަނީ ސުޕްރީމް ކޯޓަށް ސަރުކާރުން އަތް ނުބާނާކަން ކަމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ކުރީގެ ބަންޑާރަނާއިބު އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ރައްދުދެއްވައިފިއެވެ.
މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު މި މޭރުމުން ވިދާޅުވެފައިވަނީ ޝަރީޢަތުގައި ހުރި މައްސަލަތަކަކާއި ގުޅިގެން ކަމަށްބުނެ ކުރީގެ ރައީސް ޢަބްދުالله ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެދިނުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ޙުކުމް ބާތިލްކުރުމާއެކު ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓޫން ނެރެދީފައިވާތީ ދިޔާނާ ވިދާޅުވީ ކޯޓަށް އަތް ބާނަން އުޅެވޭނީ ތިޔަވަރަށް ކަމަށާއި އެކި ވެރިން ކޯޓުތަކުގެ ފުރާޅު ނަގާނީ އެކި ގޮތަށް ކަމަށެވެ.
"ޤައުމުގެ އެންމެ މަތީ ކޯޓުން މީހަކު ކުށެއް ނުކުރާަކަމަށް ކަނޑައަޅައި ނިންމުމުން ދެން އެ ޙުކުމުގެ ނަތީޖާ އޯވާރީޗްކުރަން ފުލުހުން ބޭނުންކޮށްގެން ސަކަރާތްޖެހުމަކީ ވަރަށް ވެސް ދެރަވަރު." ދިޔާނާ ވިދާޅުވެފައިވެއެވެ.
ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ގއ. ވޮޑަމުލާގެ މައްސަލާގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ. މި ހުކުމާއެކު ދެއަހަރާއި ދެ ދުވަހަށްފަހު ރައީސް ޔާމީން ވަނީ މިނިވަންވެވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން ފުލުހުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ތަޙްޤީޤު ކުރިއަށްދާ މައްސަލައަކާ ގުޅިގެން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. އެގޮތުން 7 ދުވަހުގެ އަމުރެއް ކޯޓުން ވަނީ ނެރެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު