މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް ރެޑް ނޯޓިސް ނެރުމަށް ފުލުހުން މަސައްކަތް ފަށައިފި އެވެ.
ޢަލީ ވަޙީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާއިރު ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ޖާމިނުކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާތީ އިންޓަޕޮލް ރެޑް ނޯޓިސް ނެރެން ހުށަހެޅުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަޙީދަށް އެ ކޯޓުން އެންގުމުން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމާ ހަވާލާދީ ޤާޟީ ޙަސަން ސަޢީދު މިމަހުގެ 28 ވަނަ ދުވަހު ވިދާޅުވީ ދެން އަލީ ވަޙީދު ކޯޓަށް ހާޒިރުކުރާނީ ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެން ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުއްވާނެ ކަމަށްވެސް ގާޟީ އެދުވަހު ވިދާޅުވިއެވެ.
މީގެއިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު (ތިން ދުވަސް) ތެރޭގައި ކްރިމިނަލް ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅާނެކަމަށްވެސް ގާޟީ ވިދާޅުވިއެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވާއިރު، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ނުވާތީ އެމައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު