އަހުމަދު ޝާހް   1 ޑިސެމްބަރު 2021 - 16:25
ސުޕްރީީމް ކޯޓުގެ ޙުކުމަށްފަހު ރައީސް ޔާމީން ގެއަށް ވަޑައިގަންނަވަނީ. ފޮޓޯ| ސޯޝަލްމީޑިއާ
ސުޕްރީީމް ކޯޓުގެ ޙުކުމަށްފަހު ރައީސް ޔާމީން ގެއަށް ވަޑައިގަންނަވަނީ. ފޮޓޯ| ސޯޝަލްމީޑިއާ
ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލް ގައްޔޫމަށް ދަޢުލަތުން ފޯރުކޮށްދިނުން ލާޒިމްވާ ސެކިއުރިޓީއާއި ރައްކާތެރިކަން ހަމަޖައްސައި ދީފިއެވެ.

ދެއަހަރު ޖަލުގައި ހޭދަ ކުރެއްވުމަށްފަހު އިއްޔެ ސުޕްރީމްކޯޓުން ރައީސް ޔާމީން މިނިވަން ކޮށްފައި ވާއިރު އެމަނިކުފާނުގެ އަރިހުގައި އިއްޔެ ދަޢުލަތުގެ ސެކިއުރިޓީން ނެތްކަމުގެ ކަންބޮޑުވުން އިދިކޮޅު ޕީޕީއެމްގެ އިސް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. ކޯޓުން މިނިވަންވެ ވަޑައިގަތުމުން އިއްޔެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން ހޭދަ ކުރެއްވީ މަގުމަތީގައެވެ.

އިދިކޮޅު ޕީޕީއެމުން ބުނީ ރައީސް ޔާމީންގެ ސަލާމަތީ ކަންކަން ރެއިން ފެށިގެން ގައުމީ ދިފާއީ ބާރުން ހަމަޖައްސަމުން އަންނަ ކަމަށެވެ. އެގޮތުން ރޭ ރައީސް ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގެންނެވިއިރު ސެކިއުރިޓީ ފޯރުކޮށްދެއްވި ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލާފައިވާއިރު ކުރީގެ ރައީސުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުން ގައުމީ ދިފާއީ ބާރަށް ޤާނޫނުން ވަނީ ލާޒިމް ކޮށްފައެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓްގައި ރައީސް ޔާމީނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށާއި އެމަނިކުފާނަށް އިނާޔަތް ދިނުމަށް ބަޖެޓްކޮށްފައިނުވާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު