އަރަބިއްޔާ ސްކޫލްގެ ތަނބުތަކުގައި ރެނދުލާފައި
އަރަބިއްޔާ ސްކޫލްގެ ތަނބުތަކުގައި ރެނދުލާފައި
ޢަރަބިއްޔާ ސްކޫލް މަރާމާތަށް ހުސްކުރަން ޖެހިއްޖެނަމަ ޢިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށް ވިސްނަވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް ވަރަށްބޮޑަށް ހަލާކުވެފައިވާތީ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، އަރަބިއްޔާ ސްކޫލު އިމާރާތުގެ މައްސަލަ އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން ސްކޫލްގެ ޕީޓީއޭ އާއެކު ކުރެވުނު މަޝްވަރާގައި ދެގޮތަކަށް މަޝްވަރާ ކޮށްފައިވާއިރު އެއްގޮތަކީ ޢިއްޒުއްދީން ސްކޫލްގައި ޢަރަބިއްޔާގެ ކުދިންނަށް ކިޔަވައި ދިނުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޢިއްޒުއްދީން ސްކޫލްގައި ޢަރަބިއްޔާގެ ހުރިހާ ދަރިވަރުން ޙާޟިރުވެ ކިޔެވުން ކުރިއަށް ގެންދިއުމަށް ޖާގަ އެބައޮތް ކަމަށާއި ނަމަވެސް ބެލެނިވެރިން އަދި ބޭނުންވަނީ ޢަރަބިއްޔާގެ ޢިމާރާތުގައި ކުދިންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަކީވެސް އޮޕްޝަނެއް ކަމަށާއި ނަމަވެސް އެކަމަށް ވަކިގޮތެއް ނުނިންމަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާއި ޕްލޭނިންގް މިނިސްޓްރީ ގުޅިގެން ޢަރަބިއްޔާ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި، އެ ޢިމާރާތުގެ ސްޓްރަކްޗުރަލް އެސެސްމަންޓެއް ހެދުމުގެ މަސައްކަތްވެސް މި މަހުގެ 21 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އެސެސްމެންޓުން ފާހަގަވާ ކަންކަމުގެ ރިޕޯޓެއް އަންނަ އަހަރުގެ ޖެނުއަރީ މަހު 21 ވަނަ ދުވަހު މިނިސްޓްރީއަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން