މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްޢަދު ޢަލީ (އަޑުބަރޭ) އަށް ކްރިމިނަލް ކޯޓުންދިން 72 ގަޑިއިރު ހަމަވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް އަލީ ވަހީދުގެ ވަކީލުންނާއި ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިންވި އަސްޢަދު ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. އެދުވަހުގެ އަޑުއެހުމުގައި ޢަލީ ވަޙީދުގެ މައްސަލަ ބައްލަވާ ގާޒީ ވަނީ ކުރިޔަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ޢަލީ ވަޙީދު ރާއްޖެ އައިސް ކޯޓަށް ހާޒިރު ނުވެއްޖެނަމަ އަސްޢަދަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ޢަލީ ވަޙީދުގެ މައްސަލަ ބައްލަވާ ޤާޟީ މިވަގުތު ޗުއްޓީގައި ހުންނެވިއިރު އެ މައްސަލާގައި އަސްޢަދަށް ފިޔަވަޅު އެޅުމާމެދު ކޯޓުން އަދި ގޮތެއް ނިންމާފައި ނެތް ކަމަށެވެ.
ޢަލީގެ މައްސަލާގައި ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާތީ އިންޓަޕޮލް ރެޑް ނޯޓިސް ނެރެން ހުށަހެޅުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވާއިރު، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ނުވާތީ އެމައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު