އޭރުވެސް މިހާރުވެސް ރައީސް ޢަބްދުالله ޔާމީނަކީ ވަގެއް ނޫން ކަމަށް ވިދާޅުވެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމުގެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައީސް ޔާމީނަށް ދަށު ކޯޓުތަކުން އިއްވާފައިވާ ފަސްއަހަރުގެ ޖަލު ޙުކުމް ބާތިލުކުރުމަށްފަހު އިއްޔެ ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކުރުމާ ގުޅިގެން ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް އަދި ދިފާޢީ ވަކީލުންގެ ޓީމުގެ މަހާ ވަކީލް ޑރ. ޖަމީލް ވަނީ އިދިކޮޅު ލީޑަރޝިފަށް ނުސީދާކޮށް ބަހުގެ ޙަމަލާތަކެއް ދެއްވާފައެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ހަމައަށްވެސް ރައީސް ޔާމީނަށް އިންސާފު ލިބިގެން ދާނެ ކަމަށް އެންމެ ކައިރީގައި ތިބި މީހުން ވެސް ސުވާލު އުފެއްދި ކަމަށާއި އެމަނިކުފާނު މިނިވަން ނުވާނެ ކަމަށް ބުނަމުންދިޔަ ކަމަށް ޖަމީލް ވިދާޅުވިއެވެ. ނަމަވެސް އެބަސްތަކަށް ބީރުކަންފަތެއްދީ ކުރި މަސައްކަތުން ރައީސް ޔާމީން މިނިވަންވުމަކީ ބޮޑު ކާމިޔާބެއްކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ ފެށުނީންސުރެ ވެސް އެންމެ ކައިރީގައި ތިއްބެވި ބޭފުޅުން ގަބޫލު ކުރަމުން ދިޔައީ ރައީސް ޔާމީން މިނިވަން ވާނެ ކަމަށް ކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ބޭފުޅުން ތިއްބެވީ އެގޮތުގައި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ދުޝްމަނުން ވަގަށް ގޮވިއިރު ވެސް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ވަގެއް ނޫނޭ ރައީސް ޔާމީނަކީ." ޑރ. ޖަމީލަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
މިސަރުކާރު ގެނައުމުގައި އިސްދައުރެއް އަދާކުރެއްވުމަށްފަހު، މިހާރު ޑރ. ޖަމީލް ފާހަގަ ކުރެވެނީ ކުރީގެ ރައީސް ޔާމީންގެ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެ ކުރިން ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ޑރ. ވަހީދުގެ އިތުރުން ރައީސް ޔާމީނުގެ ސަރުކާރުގައި އިސް ދައުރެއް އަދާކުރެއްވި ޑރ. ޖަމީލަށް ފާޑު ވިދާޅުވާ ގިނަ ބޭފުޅުން ޑރ. ޖަމީލު ސިފަކުރައްވަނީ ޖަމީލަކީ ސަރުކާރުތައް ގެންނަން މަސައްކަތް ކުރެއްވުމަށްފަހު ވަކިހިސާބަކުން ކޮންމެ ސަރުކާރަކާވެސް ދެކޮޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު