އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބާއްވާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިޢުލާނު ކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ޖަލްސާ ބޭއްވުމަށް ސިޓީ ކައުންސިލުން މިހާރު ހުއްދަދީފައިވާ ކަމަށެވެ.
"މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި އަންނަ ހުކުރު ދުވަހުގެރޭ 8:30 ގައި ކާނިވާ ސަރަޙައްދުގައި ބާއްވާ އެ ޖަލްސާގައި ރައީސް ޔާމީން ދިވެހި ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުޖާއު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އިވެންޓް ކޮމިޓީގެ ޗެއަރމަން އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ސުޕްރީމް ކޯޓުން އިއްޔެ ކުރި ޙުކުމުން ސާބިތުވެގެން ދިޔައީ މި ސަރުކާރުން ރައީސް ޔާމީނަށް އަނިޔާވެރިވެފައިވާ މިންވަރު ކަމަށެވެ. އަދި އަތޮޅު ތެރެއިން ވެސް މި ޖަލްސާގައި ބައިވެރިވުމަށް މާލެއަށް މީހުން އައުމަށް އޭނާ ވަނީ ދައުވަތު ދީފައެވެ.
ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ގއ. ވޮޑަމުލާގެ މައްސަލާގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ. މި ހުކުމާއެކު ދެއަހަރާއި ދެ ދުވަހަށްފަހު ރައީސް ޔާމީން ވަނީ މިނިވަންވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު