ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުޢާމަލާތް ހިންގަމުންދާތީ ފުލުހުން ހޯދަމުން ދިޔަ ދެ ބިދޭސީން އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި އެ ދެމީހުން އަމިއްލަ އިހުތިޔާރުގައި ފުލުހުންގެ އިދާރާއަށް ދިއުމުން އެމީހުންނާ ފުލުހުން ހަވާލުވެ ދެމީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ފުލުހުން ހޯދަމުން ދިޔައީ ބަންގުލަދޭޝްގެ މުހައްމަދު އިގްބާލު ހޮސައިނާއި ޝޮހެލް ނަމަކަށްކިޔާ މީހެކެވެ.
ފުލުހުން ބުނީ އެ ދެމީހުންނަކީ ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ ދެމީހުން ކަމަށާއި، އެ ދެމީހުންނަކީ ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ކަމުގެ ތުހުމަތު ކުރެވޭ ދެމީހުން ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހުވެސް ފުލުހުން ވަނީ ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާ ދެ ބޮޑަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން އެދުވަހު ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ ރޮބީއުﷲ އާއި މުހައްމަދު ފިރްދައުސްއެވެ. އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދި ޑޮލަރުގެ އަގު އަތްނުފޯރާފަށަށް އަރާފައިވާއިރު އެ މައްސަލަ ޙައްލުކުރާނެކަމަށް އެމްއެމްއޭ އިން ދާދިފަހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު