ބްރިޖް ވިއުއިން، ޕްލެޓްފޯމް ނިއުޕޯޓް ހިންގުމަށް، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދިން މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒާއި އެ މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަބީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފި އެވެ.
އެމައްސަލާގައި ދައުވާނުކޮށް މައްސަލަ އަނބުރާ ފޮނުވާލީ އޭސީސީން ދައުވާކޮށްދިނުމަށްއެދި ފޮނުވި އެމައްސަލާގައި އިސްލާހްކުރަންޖެހޭ ކަންކަން ހުރުމުން އެގޮތަށް އެންގުމަށްފަހުއެވެ.
އެ މައްސަލާގައި މީގެކުރިން މާލެ ސިޓީގެ މޭޔަރު، ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހޭދަކުރެއްވި މުއްދަތުގައި ޤާނޫނާ ޚިލާފުކަމެއް ކުރަށްވާފައި ނުވާނެކަމަށާއި, އަދި ދަޢުވާއެއް އުފުލަންޖެހޭވަރުގެ ކަމެއްވެސް ކުރަށްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ދަޢުވާ ކުރުމަކީ މިނިވަން މުއައްސަސާތަކަށް އޮތް ފުރުސަތެއް ކަަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އޭސީސީން ބުނެފައިވަނީ ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް، އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް ހައުސިން މިނިސްޓްރީން ރައީސް އޮފީހުގެ ލަފައަކަށް އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީ މިނިސްޓްރީން ފޮނުވާފައިވަނީ، އެ ޕްރޮޖެކްޓުގައި ކަންހިނގާފައިވާގޮތާއި، އެ ކުންފުނިން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފައެއް ހޯދުމަކާ ނުލައިކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެެ.
މިހާރުވެސް ދޮގުބަޔާން ދިންކަމުގެ މައްސަލައެއްގައި ޑރ. މުޢިއްޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި މައްސަލައެއްދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު